ފޮނަދޫއަށް ނިގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ފޮނަދޫއަށް ނިގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ހައްދުންމަތި ފޮނަދޫއަށް ނިގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ ނިގޫރޯޅި އެރީ ރޭ ފަތިިހު 4.20 ހައިއިރު ކަމަށާއި 9 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. ބޮޑެތި ގަސްތައް މަގުމައްޗަށް ވެއްޓިފައިވާ ކަމަށާއި 2 ލޯންޝަކަށް ގެއްލުން ލިބުމުގެ އިތުރުން ގޯއްޗެއްގެ ފާރު ވެސް ވެއްޓިފައިވާ ކަމަށެވެ.

 

ފުލުހުން ބުނީ ގެއްލުން ލިބުނު ގޭގެއަށް އެހީތެރިވުމުގެ މަސައްކަތް ފުލުހުންނާއި ރަށުގެ ރައްޔިތުން އަދި އެމްއެންޑީއެފް ގުޅިގެން ދަނީ ކުރަމުން ކަމަށެވެ.

ނިގޫރޫ ރޯޅި ރޭ އެރިއިރު ފާއިތުވި 2 ދުވަހަކީވެސް އެރަށަށް މޫސުން ވަރަށް ގޯސް ދެ ދުވަހެވެ. މިއަދު އުޑުމަތި ވަރަށް ބަނައެވެ.

މިއަދު އޮންލައިން