ހައްދުންމަތި ފޮނަދޫއަށް ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ ނަގޫރޯޅި އެރީ ރޭ ފަތިިހު 4.20 ހައިއިރު ކަމަށާއި 9 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. ބޮޑެތި ގަސްތައް މަގުމައްޗަށް ވެއްޓިފައިވާ ކަމަށާއި 2 ލޯންޝަކަށް ގެއްލުން ލިބުމުގެ އިތުރުން ގޯއްޗެއްގެ ފާރު ވެސް ވެއްޓިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ގެއްލުން ލިބުނު ގޭގެއަށް އެހީތެރިވުމުގެ މަސައްކަތް ފުލުހުންނާއި ރަށުގެ ރައްޔިތުން އަދި އެމްއެންޑީއެފް ގުޅިގެން ދަނީ ކުރަމުން ކަމަށެވެ.

ނަގޫރޫ ރޯޅި ރޭ އެރިއިރު ފާއިތުވި 2 ދުވަހަކީވެސް އެރަށަށް މޫސުން ވަރަށް ގޯސް ދެ ދުވަހެވެ. މިއަދު އުޑުމަތި ވަރަށް ބަނައެވެ.