"އެހެނަސް": ގަނާ ކުރުން ހުއްޓަންޖެހޭ ކިތަންމެ ސަބަބެއް ވަރަށް ވެސް ފުރިހަމައަށް ދައްކުވައިދޭ!

ކިޔުމަށް ހޭދަވާނީ 1މ 50ސ
"އެހެނަސް": ގަނާ ކުރުން ހުއްޓަންޖެހޭ ކިތަންމެ ސަބަބެއް ވަރަށް ވެސް ފުރިހަމައަށް ދައްކުވައިދޭ!

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަހުމަދު އިޤްބާލް (އައިކިޔު) ލިޔެފައިވާ ނޮވެލް "އެހެނަސް ހަމަ ލޯބިވެޔޭ" ގެ މައްޗަށް ބިނާ ކޮށްފައިވާ މުޅިން އައު ވެބް ސީރީޒް "އެހެނަސް" ގެ ޓްރެއިލާ ރޭގައި ލޯންޗް ކޮށްފައިވާއިރު، ޓްރެއިލާގެ އަސަރުގަދަކަން އެންމެންނަށް ވެސް ވަނީ ފާހަގަ ވެފައެވެ.  

ޠަބީޢަތުގައި "ރަނޑު" ގޮތެއް ހުންނަ ފިރިހެން ކުއްޖެއްގެ ޙަޔާތް ދައްކުވައިދޭ މިސީރީޒްގެ ޓްރެއިލާއިން އެންމެ ފުރަތަމަ ވެސް ފެންނަނީ، އޭނާއާއި ދޭތެރޭ ވަމުން އަންނަ ބޭއިންސާފު ގޮތްތަކާއިހެދި އޭނާގެ މަންމަ ހިތާމަކޮށް، އެކަމާއި ދެކޮޅަށް އަޑު އުފުލާ މަންޒަރެވެ. އެއަށްފަހު، ގޭތެރެއިން އޭނާއަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއި، ވަޒީފާ އަދާކުރާ ތަނުގައި ވެސް މީހުން އޭނާއަށް ކުރާ ފުރައްސާރަ ފެނެއެވެ. 

ގިނަ އަދަދެއްގެ އައު ތަރިން ހިމަނައިގެން، އައިކުޔު ޕްރޮޑިއުސްކޮށް މަޝްހޫރު އެކްޓަރ/ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ރަވީ ފާރޫޤް ޑައިރެކްޓް ކޮށްފައިވާ "އެހެނަސް" ވެބް ސީރީޒް ގެ ލީޑް ރޯލުން ފެނިގެންދަނީ ޓިކްޓޮކް އިން ބެލުންތެރިންގެ މެދުގައި މަޝްހޫރުކަން ހޯދި ވިޝާލް (ރޯމަން) އާއި ޝަރާ އެވެ. ރޯމަން މިސީރީޒްއިން ފެނިގެން ދަނީ "ނިޔާޒް" ގެ ރޯލުންނެވެ. އަދި ޝަރާ ފެނިގެންދަނީ "ޝަަޒޫ" ގެ ރޯލުންނެެވެ. 

އިތުރު ތަރިންގެ ގޮތުގައި ހިމެނެނީ:

ޝަމާނާ: ނީނާ

ޔުނާން: ހަމިއްޓެ

ނަދީޙް (ޗައްނަ): ފަރޭ

ޝާރިފް: ޝިނާޒް

ސިލްނާ: ލީޒާ

ޔާމިން: ޝާމިން

އުސާމް: ނާފިޒް

މަސީޙް: ރަޔާން

ޝީލާ: ޝަކީލާ

މަނިކު: ޒާހިރް

މަރިޔަމް (ޔަމް): ޒިދޫ

ރޭގައި ރިލީޒްވި ފުރަތަމަ ފަސް އެޕިސޯޑްގެ ޓްރެއިލާ ބެލުމަށްފަހު، ގިނަ މީހުން ކުރަމުން އަންނަ އެއް ސުވާލަކީ، މިސީރީޒް ބެލުންތެރިންނާއި ހަމައަށް އަންނާނީ ކޮން ދުވަހަކުންތޯ އެވެ. މީގެ ޖަވާބުގައި "އެހެނަސް" ގެ ޓީމުން ބުނެފައިވަނީ ވަރަށް އަވަހަށް ފެންނާނެ ކަމަށާއި ނަމަވެސް އަދި ވަކި ތާރީޚެއް ހާމަ ކުރެވެން ދަތި ކަމަށެވެ. 

ބައިސްކޯފު އެޕްލިކޭޝަނުން ބަލައިލެވޭނެ މިވެބް ސީރީޒަކީ މުޖުތަމައުގައި މިހާރު ވަރަށް އާއްމުވެފައިވާ ހާލަތަކާއި ގުޅޭގޮތުން އުފައްދާފައިވާ، ދެ ސީޒަނަކަށް ބަހާލެވިގެން އުފައްދާފައިވާ ސީރީޒެކެވެ.

މިއަދު އޮންލައިން