ރައީސްގެ ޚާއްޞަ މަންދޫބް ލަންކާގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ރައީސްގެ ޚާއްޞަ މަންދޫބް ލަންކާގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފި

ސްރީލަންކާގައި އިއްޔެ ދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްސަ މަންދޫބުގެ ގޮތުގައި ސްރީލަންކާއަށް ފޮނުއްވި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އަދި އެޤައުމުގެ ފޮރިން ސެކްރެޓަރީއާ މިއަދު ކޮޅުނބުގައި ބައްދަލުކުރައްވައިފިއެވެ.

ސްޓޭޓް މިނިސްޓަރ ޚަލީލް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް ތައުޒިޔާ ވިދާޅުވެ، އިއްޔެ ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން ދިވެހި ރާއްޖެ އޮތީ ސްރީލަންކާ ސަރުކާރާއި ރައްޔިތުންނާއިއެކު ކަން ހާމަކުރައްވާފައެވެ. 

މިއަދު އޮންލައިން