ލަންކާގައި ދިން ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ބޯޑަރު ސެކިޔުރިޓީ ވަރުގަދަކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ލަންކާގައި ދިން ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ބޯޑަރު ސެކިޔުރިޓީ ވަރުގަދަކޮށްފި

އަވަށްޓެރި ސްރީ ލަންކާގައި އިއްޔެ ދިން ހަމަލާތަކާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ސެކިޔުރިޓީ ވަރުގަދަކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ. 

އިމިގްރޭޝަނުން މިއަދު ބުނީ ކޮންޓްރޯލަރ މުޙައްމަދު އަޙްމަދު ޙުސައިން (ޙަނަފީ) މިއަދު ވަނީ ކަމާއި ގުޅުންހުރި އިދާރާތަކުގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައި ކަމަށެވެ. 

ލަންކާގައި އިއްޔެ ދީފައިވާ ހަމަލާތަކަށްބަލާއިރު އެއީ ފަހުގެ ތާރީޚެއްގައި ހިންގާފައިވާ މިފަދަ އެންމެ އަނިޔާވެރި ހަމަލާތަކެވެ. ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރުވެސް ވަނީ 200 އަށްވުރެ އިތުރުވެފައެވެ. އަދި މިއަދުވެސް ވަނީ ގިނަ ހާދިސާތަކެއް ހިނގައިފައެވެ. އެއިގެ ތެރޭގައި ބޮމުގެ 10 ހާދިސާ ހިމެނެއެވެ. މަގުމަތީގައި ވެހިކަލެއްގައި ވެސް ވަނީ ބޮމެއް ގޮއްވާލައިފައެވެ.

މިރޭ 12 އިން ފެށިގެން ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތުވެސް ވަނީ އިއުލާނުކޮށްފައެވެ.

މިއަދު އޮންލައިން