2015 ވަނަ އަހަރު މާލޭގަ ކުޅުނު "ބޮން ޑްރާމާ"ތަކުގެ ޚަބަރުތަކުގެ ލިންކްތައް ހާމަކޮށް މީހުންނަށް ސިހުން ދޭން ފަށައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
2015 ވަނަ އަހަރު މާލޭގަ ކުޅުނު "ބޮން ޑްރާމާ"ތަކުގެ ޚަބަރުތަކުގެ ލިންކްތައް ހާމަކޮށް މީހުންނަށް ސިހުން ދޭން ފަށައިފި!

-- ސިފައިން ިތިބީ ސަމާލުވެގެން- ރައްޔިތުން ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް އަދި ނެތް: އެމްއެންޑީއެފް

 

2015 ވަނަ އަހަރު މާލޭގައި ކުޅުނު "ބޮން ޑްރާމާ"ތަކުގެ ޚަބަރުތަކުގެ ލިންކްތައް ހާމަކޮށް މީހުންނަށް ސިހުން ލިބޭނެ ގޮތަށް ސޯޝަލް މީޑިއާގައި ފަތުރަން ފަށައިފިއެވެ. އެގޮތުން މިއަދު ހެނދުނު ފެތުރި އެއް ޚަބަރަކީ ސްޓެލްކޯ ކައިރިން ބޮމެއް ފެނިގެން އުޅޭ ކަމުގެ ޚަބަރެއްގެ ލިންކެވެ. އެޚަބަރަކީ 2015 ވަނަ އަހަރުގެ ނޮވެމްބަރުގެ މަހުގެ 4 ވަނަ ދުވަހު ނޫހެއްގައި ލިޔެފައިވާ ޚަބަރެކެވެ.

ސްރީލަންކާގެ ޙާލަތުގެ ސަބަބުން ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި ތިބި މިފަދަ ވަގުތަކު އެއްވެސް ފަރާތަކުން މިފަދަ ކަންކަން ސަލާމަތީ ބާރުތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން ޢާޒިމް ވިދާޅުވީ ސިފައިން ތިބީ ވަރަށް ބޮޑަށް ސަމާލުކަން ދީގެން ކަމަށާއި ކިރިޔާ ކަމެއް ހިނގިނަމަވެސް ރައްޔިތުންނާއި މައުލޫމާތު ވަގުތުން ހިއްޞާކުރައްވާނެ ކަމަށާއި އެމްއެންޑީއެފުން އެފަދަ މައުލޫމާތެއް ހާމަ ނުކުރާހައި ހިނދެއްގައި ކަންބޮޑު ނުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރައްޔިތުންނަށް ސިހުން ލިބޭނެ ފަދަ މިފަދަ އަމަލުތައް ނުކުރުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައްޔިތުން ކަންބޮޑުވާން ޖެހޭ ފަދަ އެއްވެސް ކަމެއް އަދި ނެތް ކަމަށްވެސް ކެޕްޓަން ޢާޒިމް ވިދާޅުވިއެވެ. "އަވަށްޓެރި ސްރީލަންކާގައި މިފަދަ ކަންތައް ތަކެއް ހިނގުމަކީ ޜާއްޖެއިންވެސް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް. އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަނީ މިހާރުވެސް ވަރަށް ފުރިހަމައަށް އަޅާފަ." ކަމަށްވެސް ޢާޒިމް ވިދާޅުވިއެވެ.

މިއަދު އޮންލައިން