މައުސޫމް އާއި އާޒިމް ގެ ސަސްޕެންޝަން އުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 37ސ
މައުސޫމް އާއި އާޒިމް ގެ ސަސްޕެންޝަން އުވާލައިފި

ފެން ކުންފުނީގެ ޗެއާމަން އަހްމަދު މައުސޫމާއި އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އަބްދުﷲ އާޒިމްގެ ސަސްޕެންޝަން ރައީސް އޮފީހުން މިއަދު އުވާލައިފިއެވެ.

މިދިޔަ ފެބްރުއަރީ މަހުން ފެށިގެން މައުސޫމާއި އާޒިމް ސަސްޕެންޑްކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލޯންޑަ ކުރި އެސްއޯއެފްގެ އެކައުންޓުން، މައުސޫމާއި އާޒިމަށް ފައިސާ ޖަމާކުރި މައްސަލާގައެވެ.

ހަމަ މިމައްސަލައިގައި ސަސްޕެންޝަން ގައި ހުންނެވި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ސަސްޕެންޝަން މީގެ ކުރިން ވަނީ އުވާލައިފަ އެވެ. 

 

މިއަދު އޮންލައިން