މައުލަވީ ޒަހްރާން ހާޝިމީ އެއްވެސް އިރެއްގަ ރާއްޖެ އައިސްފައެއް ނުވޭ: އިމިގްރޭޝަން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
މައުލަވީ ޒަހްރާން ހާޝިމީ އެއްވެސް އިރެއްގަ ރާއްޖެ އައިސްފައެއް ނުވޭ: އިމިގްރޭޝަން

މިދިއަ އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކުގައި އިސްކޮށް ހުރިކަމަށް ބެލެވޭ މައުލަވީ ޒަހްރާން ހާޝިމީ އެއްވެސް އިރެއްގައި ރާއްޖެ އައިސްފައި ނުވާކަމަށް  އިމިގްރޭޝަނުން ބުނެފިއެވެ. އިމިގްރޭޝަނުން މިރޭ ކުރި ޓްވީޓްތަކެއްގައި ބުނެފައިވަނީ ފާއިތުވި 5 އަހަރުވެސް އަދި އެއިގެ ކުރިންވެސް އޭނާ ރާއްޖެ އައިސްފައިނުވާ ކަމަށެވެ. 

މީގެ އިތުރުން އޭނާ ރާއްޖެ އައިސްފައިވާ ކަމަށް މީޑިއާގައި ފަތުރަނީ ދޮގު މައުލޫމާތު ކަމަށްވެސް ބުނެފައިވެއެވެ. އަދި މިފަދަ ވަގުތުތަކުގައި ލިބޭ މައުލޫމާތު ކަށަވަރު ނުކޮށް ނުފެތުރުމަށް މީޑިއާތަކަށް ވަނީ ގޮވާލައިފައެވެ. 

ސްރީލަންކާއަށް ދިން ހަމަލާތަކާއި ގުޅިގެން ރާއްޖޭގެ އިދާރަތަކާއި ބޭރުގެ އިދާރާތައް ގުޅިގެން ރާއްޖޭގެ ސަލާމަތީ ކަންކަން ކަށަވަރުކުރަން މަސައްކަތްކުރަން އިތުރު ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި އަޅަމުން ގެންދާނެ ކަމަށްވެސް އިނިގްރޭޝަނުން ބުނެފައިވެއެވެ.

 

މިއަދު އޮންލައިން