ފަނޑިޔާރުންނަށް ފާޑުކިޔޭނެ ގޮތަށް ޤާނޫނު ބަދަލުކުރަން ފައްޔާޟް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ފަނޑިޔާރުންނަށް ފާޑުކިޔޭނެ ގޮތަށް ޤާނޫނު ބަދަލުކުރަން ފައްޔާޟް ގޮވާލައްވައިފި

ފަނޑިޔާރުންނަށާއި ފަނޑިޔާރުންގެ ނިންމުނަތަކަށްވެސް ފާޑުކިޔޭނެ ގޮތަށް ޤާނޫނު އިޞްލާޙްކުރަން އިޤްތިޞާދީ ވަޒީރު ފައްޔާޟް އިސްމާޢީލް ގޮވާލައްވައިފިއެވެ. 

ފައްޔާޟް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލިސް މެންބަރުންނަށްވެސް ފާޑުކިޔޭއިރު ފަނޑިޔާރުގެ ތަކަށާއި ފަނޑިޔާރުންނަށާއި ފަނޑިޔާރުން ކުރާ ކަންކަމަށާއި އަދި ދައުލަތުގެ ކޮންމެ ފަރާތަކަށް ވެސް ފާޑުކިޔެން ޖެހޭނެ ކަމަށެވެ. 

ފައްޔާޟް ވިދާޅުވެފައިވާ ފަދައިން ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާ އަށް ފާޑުކިޔެއެވެ. ސިޔާސީ އެންމެންނަށްވެސް ފާޑުކިޔެއެވެ. ނަމަވެސް ފަނޑިޔާރުންނަށް ފާޑުކިޔުމުން ފިޔަވަޅު އަޅައެވެ. އަދި ޜާއްޖެ ނޫން ބައެއް ޤައުމުތަކުގައިވެސް ފަނޑިޔާރުންނަށް ފާޑުކިޔުމުން ފިޔަވަޅު އަޅައެވެ.

މިއަދު އޮންލައިން