މުޙައްމަދު ޢުމަރު، (ކުޑަމުޙައްމަދުފުޅު މާލިމީ) އަވަހާރަވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
މުޙައްމަދު ޢުމަރު، (ކުޑަމުޙައްމަދުފުޅު މާލިމީ) އަވަހާރަވެއްޖެ

ގިނަ ބައަކާ ވަރަށް ގާތް ރަހްމަތްތެރިކަމެއް އަބަދުވެސް ބޭއްވެވި މުޙައްމަދު ޢުމަރު (ކުޑަމުޙައްމަދުފުޅު މާލިމީ) (ގ. ޖަނަވަރީމާގެ) އަވަހާރަވެއްޖެއެވެ. ޢާއިލާގެ ބޭފުޅަކު ވިދާޅުވީ ކުޑަމުޙައްމަދުފުޅު މާލިމީ އަވަހާރަވީ ރޭ 11.30 ހައިއިރު މަޑްރާސްގައި ކަމަށެވެ. އަދި ޖަނާޒާ ބާއްވަން ހަމަޖެހިފައިވަނީ މިއަދުގެ މަޣްރިބް ނަމާދަށްފަހުގައި ކަމަށެވެ.  

ކުޑަމުޙައްމަދުފުޅު މާލިމީ އަކީ މާލެ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދުގެ ބައްޕާފުޅެވެ. ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ ބޮޑުބޭބޭފުޅެވެ. 

ކުޑަމުޙައްމަދުފުޅު މާލިމީ އަކީ އެމްއެސްއެލް ގެ ބޯޓު ފަހަރުގެ މާލިމީކަން ވަރަށް ގިނަ ދުވަހު ކުރެއްވެވި ބޭފުޅެކެވެ. އެމްއެސްއެލްގައި 3 ބޯޓު އޮތް ދުވަސްވަރު 3 ބޯޓުގެ މާލިމީކަން އެފަހަރާ ވެސް ކުރެއްވި ބޭފުޅެކެވެ. 

ކުޑަމުޙައްމަދުފުޅު މާލިމީ ފާހަގަކުރެވިފައިވަނީ ގިނަ ބައަކާއި ވަރަށް ގާތް ރަޙްމަތްތެރިކަމެއް ބޢަވްވާ، ހިތްހެޔޮ ވަރަށް މަޑުމަތިރި މިޒާޖެއްގެ، ވަރަށް އަޚްލާޤް ރަނގަޅު ބޭފުޅެއްގެ ގޮތުގައެވެ. އަދި ކުޑަމުޙައްމަދުފުޅު މާލިމީއަކީ އަބަދުވެސް އިސްލާމް ދީނުގެ ކަންކަމަށް ވަރަށް ފަރުވާތެރިކަން ބެހެއްޓެވި ބޭފުޅެއްގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ. 

މަރްޙޫމްގެ ފުރާނައަށް މާތް ﷲ ހެޔޮ ރަޙްމަތް މިންވަރުފުޅުކުރައްވަވާށި! އާމީން.

މިއަދު އޮންލައިން