ރޯދަމަހާއި ގުޅުވައިގެން ރަށްރަށުގެ ކައުންސިލުތަކުން ރައްޔިތުންނަށް މަސްކޭހާއި ކުކުޅު ބިސް ކޭހާއި ތަފާތު ހަދިޔާތައް ދެމުން ގެންދަނިކޮށް ކޮޅުމަޑުލު ކައުންސިލުން ރައްޔިތުންނަށް ދޭ ހަދިޔާ މުޅިން ތަފާތު ކޮށްލައިފިއެވެ.

މަޑިފުށީ ކައުންސިލުން ބުނެފައިވަނީ ކައުންސިލުން ދޭ ހަދިޔާއަކީ ރަށުގެ ރައްޔިތުންނަށް ހިންގައިދޭ ވޯކްޝޮޕެއް ކަމަށެވެ. ވޯކްޝޮޕްގައި ދަސްކޮށްދެނީ ރޯދައަށް ތައްޔާރުވުމާއި ރޯދަ ހިފުމުގައި އަމަލުކުރަންވީ ގޮތްތައް ކަމަށެވެ.

މަޑިފުށީ ކައުންސިލުން ބުނެފައިވަނީ ވޯކްޝޮޕްގެ ހުރިހާ ޚަރަދެއް ކުރަނީ ކައުންސިލުން ކަމަށާއި ވޯކްޝޮޕް ހިންގަވައިދެއްވަނީ ޝައިޚް އާދަމް ޝަމީމް ކަމަށެވެ. ވޯކް ޝޮޕް ކުރިއަށް ގެންދަނީ ހަފްތާބަންދަށް ޚާއްޞަކޮށްގެން މިއަދާއި މާދަމާއެވެ. ވޯކްޝޮޕް ބަހާލާފައިވަނީ 8 ގަޑިއިރުގެ ދަންފަޅިތަކަކަށެވެ.