މިއަދުގެ މެންދުރު ނަމާދުގެ ފަހުގައި މުޞްޠަފާ އަޒުމީގެ މައްޗަށް ކުރެވުނު ކަށުނަމާދުގަ އާއި ޖަނާޒާގައި ގިނަ ބައަކު ބައިވެރިވިއެވެ. އިސްލާމީ މަރުކަޒުގެ ބައެއް މުވައްޒިފުން ބުނީ ޢާންމުންގެ މީހެއްގެ ކަށުނަމާދުގައި މިއިން ދުވަހަކު ބައިވެރިނުވާހައި ގިނަ އަދަދެއްގެ މީހުން ބައިވެރިވި ކަމަށެވެ.
ކަންދިމާވިގޮތުން އިސްލާމީ މަރުކަޒުގެ މިސްކިތް މިއަދު ވަނީ ދޫލަ ދޮވުމަށްޓަކައި ބަންދުކޮށްފައެވެ. އެހެންކަމުން ނަމާދުކުރީ މިސްކިތުގެ އުތުރުފަރާ ބައިގައެވެ. އެބައި އެކުގައި ފުރި އިތުރުވިއެވެ.