އަމްމަޓީ ހޯދަން އިންޓަޕޮލްގެ ރެޑް ނޯޓިސް ނެރެފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 54ސ
އަމްމަޓީ ހޯދަން އިންޓަޕޮލްގެ ރެޑް ނޯޓިސް ނެރެފި

ސީލައިފް ގްލޯބަލް ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އަމްމަޓީ) ހޯދަން އިންޓަޕޮލްގެ ރެޑް ނޯޓިސް ނެރެފިއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަހުމަދު މޫސާ ހޯދަން އިންޓަޕޮލްގެ ރެޑް ނޯޓިސް ނެރެދޭން ފުލުހުން އެދިފައިވާ ކަމަށެވެ. އިންޓަޕޯލްގެ ވެބްސައިޓުގައި މިހާރު ވަނީ އޭނާގެ މައުލޫމާތު ހިމަނާފައެވެ.

ސީ ލައިފުން ވަނީ ހުޅުމާލޭގައި ހައުސިން މަޝްރޫއުތަކެއް ހިންގުމާ ހަވާލުވެ އެކި މީހުން އަތުން އެޑްވާންސަށް ގިނަ އަދަދެއްގެ ފައިސާ ނަގަފައިފަ އެވެ. ފައިސާ ނެގުމަށް ފަހު، އެޕާޓްމެންޓްތައް ނުނިންމައި އަދި ގިނަ ބަޔަކަށް ފައިސާ އަނބުރާ ނުދިން މައްސަލައިގައި ކުންފުންޏާ ދެކޮޅަށް ވަނީ ދައުވާކޮށްފައެވެ.  

ހުޅުމާލެއިން ބޮޑު ބިމެއްގައި 3،000 ފްލެޓް އަޅަން ސީ ލައިފާ ހަވާލުކުރީ 2014 އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ. އެ އަހަރުގެ އޭޕްރީލް މަހު އެ މަސައްކަތް ކުރުމަށްޓަކައި ބިންގާ އަޅުއްވައިދެއްވީ އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ.

މިއަދު އޮންލައިން