މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތަށް 7 ބިލިއަން ރުފިޔާ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 35ސ
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތަށް 7 ބިލިއަން ރުފިޔާ!

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ ދައުލަތުގެ މާލީ ހިސާބުތައް ބަލާއިރު މިއަހަރުގެ އޭޕްރީލް މަހުގެ އަށާރަވަނަ ދުވަހުގެ ނިޔަލަށް ސަރުކާރަށް 7.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މީގެތެރެއިން 5.2 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެއިތުރުން ދައުލަތުން 6.2 ބިލިއަން ރުފިޔާ މިހާތަނަށް ވަނީ ޚަރަދުކޮށްފައެވެ.

ފުރަތަމަ ކުއާޓަރުގައި ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީންނެވެ. 

 

މިއަދު އޮންލައިން