ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ގައުމީ އެއާލައިން، އެމިރޭޓްސްގެ އެންމެ ފަހުގެ އެއާކްރާފްޓް އީއާރް 300-777 އިން އޭޝިއާ ސަރަހައްދުން ފުރަތަމަ ޝެޑިއުލް ދަތުރުތު ރާއްޖެއަށް ކުރަން ނިންމައިފިއެވެ.
އަންނަ ޖޫން މަހުގެ ފުރަތަމަ ދުވަހު އެ ބޯޓުގެ ދަތުރުތައް ރާއްޖެއަށް ފަށަންވަނީ ހަމަޖެހިފައެވެ.
ބޮޑު ހުސްޖާގައާއިއެކު އާ މިބޯޓުގެ ކެބިން ޑިޒައިންކޮށްފައިވާއިރު ކެބިންގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދެވޭ ގޮތަށް ވަނީ ފަރުމާކޮށްފައެވެ.
ސްޕޯޓްސް ކާރެއް ގޮތަށް ބޯޓުގެ ބިޒްނަސް ކްލާހުގެ އެނދުތައް ޑިޒައިން ކޮށްފަވާއިރު ފަސިންޖަރުންނަށް ފަސޭހަވާނެ ގޮތަށް ފަސްޓް ކްލާސްއާއި ބިޒްނަސް ކްލާސް ތައްޔާރުކޮށްފައިވަނީ ޓެކްނޮލޮޖީގެ ގިނަ އުފެއްދުން ތަކާއެކުއެވެ.
އެމިރޭޓްސް އިން މިހާރު ގެންދަނީ ހަފްތާގެ ކޮންމެ ދުވަހަކު ވެސް މާލެ އާއި ދުބާއީ އާއި ދެމެދު ސީދާ ދަތުރުތައް ކުރަމުންނެވެ.