ލ. ގަމު ތުނޑީ އަވަށު ގެއެއްގައި އަލިފާން ރޯވެ ބޮޑު ބައެއް އަނދައިފިއެވެ.
އަލިފާން ރޯވެފައިވަނީ 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ހާދިސާއަށްފަހު، މުންޑޫ އާއި ކަޅައިދޫ މީހުން އަލަށް އާބާދުވި ސަރަހައްދުގައި ހުރި ގެއެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އަލިފާން ރޯވުމުގެ ސަބަބުން ސިފައިން އެސަރަހައްދުގައި ހަރަކާތްތެރިވި ކަމަށާއި މިހާރު އެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މިއަދު މެންދުރުގެ ވަގުތެއްގައި ހިނގި މިިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް، ގެއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.