ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރެއްވި މެމްބަރުންނަށް މަޖިލީހުގެ ރައީސް މަރުޚަބާ ވިދާޅުވެއްޖެ.

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 59ސ
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރެއްވި މެމްބަރުންނަށް މަޖިލީހުގެ ރައީސް މަރުޚަބާ ވިދާޅުވެއްޖެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރެއްވި މެމްބަރުންނަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް މަރުޚަބާ ވިދާޅުވެއްޖެއެވެ.

އަލަށް އިންތިޚާބުވި 87 މެމްބަރުންނަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވަނީ ވަކިވަކިން މަރުޚަބާގެ ސިޓީ ފޮނުއްވާފައެވެ. 

މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ނަވާރަވަނަ މަޖިލީހަށް އިންތިހާބުވެ ވަޑައިގަތުމާ ގުޅިގެން އިހްލާސްތެރިކަމާ އެކު ތަހުނިޔާ އާއި މުބާރިކު ބާދީ ދަންނަވާ ކަމުގައެވެ.

މި ސިޓީގައި އަަލަށް އިންތިހާބުވި މެމްބަރުން ހުވާ ކުރެއްވުން މެއި މަހުގެ 28 ވަނަ ދުވަހު އޮންނާނެ ކަމަށާއި މަޖިލީހުގެ މެމްބަރުން ހުވާކުރެއްވުމާ ގުޅޭ ކަންކަން މިހާރު އިންތިޒާމު ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި އެ ރަސްމިއްޔާތާ ގުޅޭ ތަފްސީލު އިންތިހާބުވި މެމްބަރުންނަށް ހިއްސާކުރައްވަމުން ގެންދަވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަށް މާމިގިލީ ދާއިރާގެ މެންބަރުކަމަށް ގާސިމް އިބްރާހީމް ވެސް ވަނީ އިންތިހާބުވެފައެވެ. 

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާ އޮންނާނީ މާދަމާއެވެ. 

 

މިއަދު އޮންލައިން