މަޖީދީމަގުގައި ހުންނަ ވެލިގާ ހާޑްވެއާއިން ރޭ ވައްކަންކުރި މީހަކު ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފިއެވެ. ފުލުހުން ބުނީ އެއީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ވަގަށް ނެގި ތަކެތި އަނބުރައި ފިހާރަ އާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެމީހާ ފުލުހުންގެ ބެލުމުގެދަށަށް ގެންދެވުނު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.