ހިނގާފަ ދިއަ މީހެއްގެ އަތުން ވަގަށްނަގާފަވާ ތަކެތި ފެނިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 28ސ
ހިނގާފަ ދިއަ މީހެއްގެ އަތުން ވަގަށްނަގާފަވާ ތަކެތި ފެނިއްޖެ

ހިނގާފަ ދިއަ މީހެއްގެ އަތުން ވަގަށްނަގާފަވާ ތަކެތި ފެނިއްޖެއެވެ.

ފުލުހުން ބުނީ ހިލާލީގެ ކައިރިން ހިނގާފައި ދިއަ މީހެއްގެ އަމަލުތައް ހުރި ގޮތުން ޝައްކުވެގެން ހުއްޓުވައި ބެލުމުން ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ ތަކެތި ފެނިވައިވާ ކަމަށެވެ. އަދި އެމީހާއަކީ 29 އަހަރުގެ ޒުވާން ދިވެހި ފިރިހެނެއް ކަމަށެވެ.

މީގެ އިތުރުން ސައިކަލެއްގައި ދިއަ 2 މީހަކު ބިދޭސީއެއްގެ އަތުގައި އޮތް ފޯނެއް އިއްޔެ ހަވީރު ވަނީ ފޭރިގެންފައެވެ. ފުލުހުން ބުނީ އެކަންކުރީ 29 އަހަރުގެ މީހަކާއި 44 އަހަރުގެ މީހެއް ކަމަށެވެ. އަދި އެ ދެ މީހުން ވެސް ހައްޔަރުކުރެވިފައިވާ ކަމަށެވެ.

މިއަދު އޮންލައިން