މީގެ 2 ރޭ ކުރިން މަގުމަތިންދިއަ ބިދޭސީއެއް ގާތު 5 ރުފިޔާ ދޭން ބުނުމުން ނުދިން މައްސލައެއްގައި އެމީހާގެ ބޮލަށް ބިއްލޫރި ތަށްޓެއް ވައްދާލާފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
ހޮޓަލުން ބުނީ ދަނަވަރު ވީފަހުން މަސްދަޅު ހުސްވެގެން އޭނާ ފޮނުވީ 24 ގަޑިއިރު ހިންގާ ފިހާރައަކުން މަސްދަޅު ގަތުމަށް ކަމަށެވެ. ގޮސްފައި އައިތަނުން "ޚާއްޞަ ޙާލަތުގައި ހުރި" މީހަކު އައިސް ބުނީ ބިދޭސީ މީހާގާތު 5 ރުފިޔާ ދޭން ބުނުމުން ނުދީ އޭނާއަށް ކުރިކަމަށް ކަމަށެވެ.
"އަސްލު ވީގޮތަކީ 4 މަސްދަޅު ގަނެގެން އަނަންނިކޮށް އޭނާއަތުން ފައިސާ އަތުލަން އުޅުނީ. ސަލާމަތްވާން އުޅުމުގެ ތެރޭގައި އޭނާގެ ގައިގައި މަސްދަޅު ހުރި ކޮތަޅުން ޖެހުނީ. ދެން އެމީހާ ހޮޓަލަށް އައުމުން ހޮޓާތެރެއަށް ވަދެ މާމާރީ ހިންގަމުން ގޮސް މޭޒުމަތިން ބިއްލޫރި ތަށްޓެއް ނަގާފަ ބޮލަށް ވައްދައިލީ! "
ހޮޓަލުން ބުނީ ފުލުހުން އައިސް މައްސަލަ ބެލި ކަމަށާއި ބަޔާނުގައި ސޮއިކުރަން ދާން އެންގުމުން ދާއިރު ސީސީޓީވީ ކެމެރާގެ ފުޓޭޖް ހިފައިގެން ދިއުމަށް އަނގާފައިވާ ކަމަށެވެ.