ސިންދިތާ ފިހާރައިން 2 ފުޅި ސެންޓު ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 29ސ
ސިންދިތާ ފިހާރައިން 2 ފުޅި ސެންޓު ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

ސިންދިތާ ފިހާރައިން 2 ފުޅި ސެންޓު ވަގަށް ނެގި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް 20 އަހަރުގެ ފިރިހެނަކު ފެނިފައިވަނީ ރޭ 10.40 ހައިއިރު ޝަބްނަމް މަގުން ކަމަށެވެ. އަދި އެނާގެ އަމަލުތައް ހުރި ގޮތުން ޝައްކުވެގެން ބަލައިފާސްކުރިއިރު އޭނާގެ އަތުން ފެނުނު 2 ފުޅި ސެންޓުގައި ސިންދިތާ ފިހާރައިގެ ޓެގް އިނުމުން ފިހާރައަށް ގޮސް ބެލިއިރު އެއީ ވަގަށް ނަގާފައިވާ 2 ފުޅި ސެންޓުކަން އެނގިފައިވާ ކަމަށެވެ.

މިމީހާ ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެންދެވިފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

މިއަދު އޮންލައިން