ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތި ނައްތާލައިފި

ކިޔުމަށް ހޭދަވާނީ 1މ 3ސ
ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތި ނައްތާލައިފި

އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތި ނައްތާލައިފިއެވެ.

އިއްޔެ ނައްތާލާފައިވަނީ، 2011ން 2019ށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބަގުރަލާއި އަދި މިއަހަރުގެ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެއްޗެވެ.

އެގޮތުން އިއްޔެ ނައްތާލި ބަނގުރަލުގެ ތެރޭގައި ހިމެނެނީ 16 މައްސަލައަކައީ 20 އިންސިޑެންޓްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 49 ފުޅި ބަނގުރަލާއި 78 ޕެޓް ފުޅިއާއި 13 ބިއަރު ދަޅާއި 20 ލީޓަރުގެ 7 ޓައްޕުގައި ހުރި ބަނގުރަލުގެ އިތުރުން 20 ލީޓަރުގެ 2 ހަމުގައި ހުރި ބަނގުރަލެވެ.

އިއްޔެ ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 5130 މަނާ ބޭސް ގުޅައާއި 601 ރަބަރު ޕެކެޓާއި 110 ސެލޯފިންކޮޅާއި ފިލްމް ހުސްކުރި 5 ދަޅުގެ އިތުރުން 2 ބިޑިއެވެ.

ބަނގުރަލާއި މަސްތުވާތަކެތި ނައްތާލުން ދޫނިދޫގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުންކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މިއަދު އޮންލައިން