ނ. ފޮއްދޫ ސްކޫލްގެ ދަރިވަރުން މޫދަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.
އެގޮތުން މޫދަށް އެރި އުޅުމުގައި ދަރިވަރުން ސަމާލުކަންދޭންޖެހޭ ކަންކަން ބުނެދީ ފެތުމުގެ ހުނަރުތައް ދަސްކޮށްދީފައިވެއެވެ.
މީގެއިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ކަސްރަތުކުރުމުގެ މުހިންމުކަމާއި ހަށިގަނޑަށް ފައިދާހުރި ރަނގަޅު ކާނާ ބޭނުންކުރުމާއި ގުޅޭގޮތުން މަޢުލޫމާތުދީފައިވެއެވެ.
އެޕްރީލް 25 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިޕްރޮގުރާމްގައި ފޮއްދޫ ސްކޫލްގެ ގްރޭޑް އެކަކުން ފެށިގެން ގްރޭޑް ނުވައަކާއި ދެމެދުގެ ޖުމްލަ 52 ދަރިވަރުން ބައިވެރިވެފައިވެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ފޮއްދޫ ސްކޫލްގެ މުދައްރިސުންނާއި ބެލެނިވެރިންގެ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވެއެވެ.