މިއަހަރުގެ ރަމަޟާން މަހު ރޯދަ ހަދިޔާގެ ގޮތުގައި ކޮޅުމަޑުލު ވަންދޫ ކައުންސިލުން، އެރަށުގެ ކޮންމެ ގޭބިސީއަކަށް މަސްަޅު ކޭހެއް ދިނުމަށް ނިންމައިފިއެވެ.
އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޤިޔާސް ވިދާޅުވީ އެކައުންސިލުގެ 60 ވަނަ އާއްމު ޖަލްސާގައި މިއަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް، ވަންދޫ ކައުންސިލުގެ ޚަރަދުގައި މަސްދަޅު ކޭހެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ރަމަޟާންމަސް ފެށުމުގެ ކުރިން ހުރިހާ ގޭބިސީތަކަކަށް ކައުންސިލްގެ ފަރާތުން މަސްދަޅު ކޭސް ގެންގޮސްދޭން ފަށާނެ ކަމަށް ވެސް ޤިޔާސް ވިދާޅުވެފައިވެއެވެ.
ވަންދޫ ކައުންސިލަކީ ރަށުގެ ތަރައްޤީއާއި އިޖުތިމާއީ ކަންކަމުގައި ކައުންސިލުގެ ފެންވަރުގައި ބޮޑެތި މަސައްކަތްތަކެއް ކޮންދެމުން އަންނަ ކައުއްސިލެއް ކަމަށާއި ޚާއްސަ ގޮތެއްގައި އިޖުތިމާއީ ކަންކަމުގައި ވެސް އެކައުންސިލުން ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުން ގެންދާކަން އެރަށުގެ ގިނަ ރައްޔިތުން ފާހަގަ ކުރެއެވެ.