ކުރީގެ ފަނޑިޔާރުންނަށް އިނާޔަތް ލިބޭގޮތަށް މަޖިލީހުން ފާސްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ކުރީގެ ފަނޑިޔާރުންނަށް އިނާޔަތް ލިބޭގޮތަށް މަޖިލީހުން ފާސްކޮށްފި

މަގާމުން ވަކިވާ ފަނޑިޔާރުންނަށް ދައުލަތުގެ ފަރާތުން ހާއްސަ އިނާޔަތްތަކެއް ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލް،  ރައްޔިތުންގ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. 

މި ބިލް ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ރިޔާޒް ރަޝީދުއެވެ.

 ރައްޔިތުންގ މަޖިލީހުގައި މިއަދު މި ބިލް ފާސްކުރުމަށް 25 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. ބިލާ ދެކޮޅަށް 20 މެމްބަރުން ވޯޓު ދެއްވިއިރު ވަކިގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރުން ތިއްބެވިއެވެ.

ރިޔާޒުގެ މި ބިލްގައި ބުނެފައިވަނީ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށުމުގެ ކުރިން ތިއްބެވި އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރުން މަގާމުން ވަކިވާ ހިސާބުން ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒްތައް ލިބެން ވާނެ ކަމަށެވެ. އެހެންކަމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އުއްތަމަ ފަނޑިޔާރުކަން ކުރެއްވި މުހައްމަދު ރަޝީދު އިބްރާހީމަށް ވެސް އިނާޔަތް ލިބޭނެއެވެ.

ރައްޔިތުންމަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ކުރިން ވިދާޅުވެފައިވަނީ މަގާމުން ވަކިވާ ފަނޑިޔާރުންނަށާއި މަޖިލިސް މެންބަރުންނަށް އިނާޔަތް ދޭން ފަސް ކުރިޔަސް އަލަށް ފަށާ 19 ވަނަ މަޖިލީހުގައި އެ ބިލުތައް އަނބުރާ ރުޖޫއަ ކުރާނެ ކަމަށެވެ.

މިއަދު އޮންލައިން