އީމެއިލް މެދުވެރިިކޮށް ޕާސްޕޯޓަށް އެދޭ މީހުންނަށް މިއަދުން ފެށިގެން އޮންލައިންކޮށް ފައިސާ ދެއްކޭނެ: އިމިގްރޭޝަން

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
އީމެއިލް މެދުވެރިިކޮށް ޕާސްޕޯޓަށް އެދޭ މީހުންނަށް މިއަދުން ފެށިގެން އޮންލައިންކޮށް ފައިސާ ދެއްކޭނެ: އިމިގްރޭޝަން

އީމެއިލް މެދުވެރިިކޮށް ޕާސްޕޯޓަށް އެދޭ މީހުންނަށް މިއަދުން ފެށިގެން އޮންލައިންކޮށް ފައިސާ ދެއްކޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިހެން ބުނެފައިވަނީ އެއިދާރާއިން މިއަދު ނެރުނު ބަޔާނެއްގައެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދޭ މީހުން ފައިސާ ދައްކަން އެ އިދާރާ އަށް ހާޒިރުވުމުގެ ބަދަލުގައި އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމު މިއަދުން ފެށިގެން ހަމަޖައްސާފައިވާނެ ކަމަށާޢި އީމެއިލް މެދުވެރިކޮށް އެ މީހަކަށް ފޮނުވާ ލިންކެއްގެ ތެރެއިން ޕާސްޕޯޓަށާއި ރެވެނިއު ސްޓޭމްޕަށް ބޭނުންވާ ފައިސާ ދެއްކޭނެކަމަށެވެ.

އީމެއިލް މެދުވެރިކޮށް ޕާސްޕޯޓް ހައްދާ ފަރާތްތަކަށް މިއަދުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޕާސްޕޯޓް ލިބޭނެ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން