ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 150 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފިއެވެ.
މިތަކެތި އަތުލައިގަތީ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑާއި، ޑިވިޝަނަލް ޕޮލިސިންގ ކޮމާންޑާއި ޑްރަގް އިންޓެލިޖެންސް ޔުނިޓު ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ގދ. އަތޮޅުގެ ފަޅުރަށެއްގައި ވަޅުލާފައި ވަނިކޮށް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވާފައިވެއެވެ.
މިއޮޕަރޭޝަނަކީ ފާއިތުވީ 72 ގަޑިއިރު މެދުކެނޑުމެއްނެތި ގދ. އަތޮޅުގެ ކަނޑުގެ ސަރަހައްދާއި ފަޅުރަށްތަކުގައި ފުލުހުން ހިންގާފައި އޮޕަރޭޝަނެއް ކަމަށް ވެސް އޮފިޝަލު މައުލޫމާތު ދެއްވާފައިވެއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ފަސް މީހުން ގެންގޮސްފައިވެއެވެ.
ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ އަގު 260 މިލިއަން ރުފިޔާއަަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.