ގދ. ހުޅުވާރުލުގައި ވަޅުލާފައި ހުރި މަސްތުވާތަކެތީގެ މައްސަލައާ ހައްޔަރުކުރި ފަސް މީހުންގެ ބަންދުގެ މުއްދަތު ރޭ އިތުރުކޮށްފިއެވެ.
150 ކިލޯގެ މަސްތުވާތަކެތީގެ މިމައްސަލައިގައި ހައްޔަރުކުރި ފަސް ފިރިހެނުންގެ ތެރެއިން އެކެއްގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު އަނެއް ހަތަރު މީހުން، ޝަރީއަތް ނިމެންދެން ބަންދުކުރަން އެ އަތޮޅު ގައްދޫ ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ އަގު 260 މިލިއަން ރުފިޔާއަަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.