ސީރިއާގެ އަލް-ހައުލް ކޭމްޕުގައި ހާލުގައި ޖެހިފައިވާ ކަމަށް ބުނާ ދިވެހިންގެ ލިސްޓެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.
އާއްމުކޮށްފައިވާ މިލިސްޓްގައި 34 ދިވެއްސެއްގެ މައުލޫމާތު ވަނީ ހާމަކޮށްފައެވެ. މި މައުލޫމާޓު ސޯޝަލް މީޑިއާގައި އާންމުކުރި އެކައުންޓުން ބުނެފައިވަނީ އައިއެސްއާއި ގުޅުމަށް 350 އަށް ވުރެ ގިނަ ދިވެހިން ސީރިއާ އަށް ގޮސްފައިވާ ކަމަށާއި މީގެތެރެއިން 150 އަށް ވުރެ ގިނަ ދިވެހިން ސީރިއާގައި މަރުވެފައިވާ ކަމަށެވެ.
މިލިސްޓްގައި މީގެތެރެއިން ބައެއް މީހުންގެ އުފަން ރަށާއި އައިޑީކާޑް ނަންބަރުވެސް ހިމަނާފައިވެއެވެ.
މިލިސްޓް އާއްމުކޮށްފައިވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފޭކް އެކަންއުންޓެއް ކަމަށް ބުނާ "އެލެކްސް އަހުމަދު"ގެ ޓްވިޓާ އެކައުންޓުންނެވެ.
Syria gai thibi baeh Dhivehin kamah belevey meehun. Syria gai vihey kudhin ge Baafa saafeh nuvaane. pic.twitter.com/OVsLkPWvkS
— Alex Ahmed (@anedhivehirajje) April 29, 2019