އެމްއޭޕީޑީ އާއި އެއިމްސް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ކިޔުމަށް ހޭދަވާނީ 51ސ
އެމްއޭޕީޑީ އާއި އެއިމްސް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތް ޑިސްއެބިލިޓީސް (އެމްއޭޕީޑީ) އާއި އެއިމްސް ހެލްތް ކެއާ ޕްރައިވެޓް ލިމިޓެޑާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެއިމްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ އިހުސާންއެވެ. އަދި އެމްއޭޕީޑީގެ ފަރާތުން ސޮއިކުރެއްވީ ޗެއާޕާސަން އަހުމަދު މުހައްމަދުއެވެ.

އެއިމްސް އިން ބުނީ މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ އައްޑޫގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވީހާވެސް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުން ކަމަށާއި މިއެއްބަސްވުމުގެ ދަށުން އެމްއޭޕީޑީ އާއި ގުޅިގެން ތަފާތު އެކި ހަރަކާތަތައް ވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު ދާދިފަހުން އެއިމްސް އިން ވަނީ އެމްއޭޕީޑީގެ ފަރާތުން ބޭއްވި ބޭންކް އޮފް މޯލްޑިވްސްގެ އައި. ޑީ. ޕީ. ޑީ ތެރަޕިއުޓިކް މެޑިކަލް ކޭމްޕްގައި ވެސް ބައިވެރިވެފައެވެ.

މިއަދު އޮންލައިން