13 ފިރިހެނުންނާއި 7 އަންހެނުން ގޮވައިގެން މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ އިންޖީނު ހުއްޓިގެން ފުލުހުން އެހީވެއްޖެ އެވެ.
ފުލުހުން ބުނީ އެދޯނީގެ އިންޖީނު ހުއްތީ ކ. ހިންމަފުށީ ފަރަށް ލައްގަމުންދާ ކަމުގެ މައުލޫމާތު މިރޭ 10.00 ހައިއިރު ލިބުމުން މެރިން ޕޮލިސް އިން އެހީތެރިވެދީފައިވާ ކަމަށެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށާއި ކޯސްޓްގާދުގައި އެމީހުން މާލެ ގެންނަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.