ކުޑަ ދެކުދިން ޢާއިލާއަށް ފޮރުވައިގެން ގެންގުޅުނު މީހަކު ހައްޔަރުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
ކުޑަ ދެކުދިން ޢާއިލާއަށް ފޮރުވައިގެން ގެންގުޅުނު މީހަކު ހައްޔަރުކޮށްފި

ޢާއިލާއަށް ފިލައިގެން އުޅޭ ކަމަށް އެފްސީޕީޑީއަށް މައްސަލަ ހުށަހަޅާފައިވާ 2 ކުއްޖަކު ފޮރުވައިގެން ގެންގުޅުނު މީހަކު ކޯޓު އަމުރެއްގެދަށުން ފުލުހުން ހައްޔަރުކޮށްފިއެވެ.   

ފުލުހުން ބުނީ 2 ކުދިން ފެނުނީ އެ 2 ކުދިން ރަށެއްގައި ފޮރުވައިގެން ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ ދަންވަރު 2.55 ހައިއިރު ފުލުހުން އެގެއަށް ވަދެ ބަލައިފާސްކުރުމުން ކަމަށެވެ. އަދި މިމައްސަލައިގައި ބަނދުކުރެވުނު މީހާގެ ގެ ބަލައި ފާސްކުރުމުން މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ސާމާނު ފެނިފައިވާ ކަމަށެވެ. 

އެދެކުދިން މިހާރުވަނީ އެފްސީޑީޕީ އާއި ހަވާލުކުރެވިފައި ކަމަށާއި ޢާއިލާ އާއި ހަވާލުކުރެވެންދެން ރައްކައުތެރިތަނެއްގައި ބެއިތިއްބިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

 

މިއަދު އޮންލައިން