ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެ ސަރުކާރުގައި، ކާޑެއްދޫ ރީޖަނަލް އެއާޕޯޓުގެ ވަޒީފާއިން ވަކިކުރި ހަ ފަރާތަކަށް، އަލުން ވަޒީފާ ދީފިއެވެ.
ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަގީލް ކުރިން ސޮއިކުރައްވާ އެ މުވައްޒަފުންނަށް ފޮނުވާފައިވާ ނޯޓިސްތަކުގައި ބުނެފައިވަނީ، އެމީހުން ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކަމަށާއި ވަކިކުރަން ނިންމީ އެ އެއާޕޯޓް މުވައްޒަފުންގެ އޮނިގަނޑު މުރާޖަޢާކޮން ކޮންމެހެން ގެންނަންޖެހޭ ބަދަލުތަކެއް ގެނައުމާ ގުޅިގެން އެ މުވައްޒަފުން އަދާކުރަމުންދާ މަގާމުތައް އުވިފައިވާތީ ކަމަށެވެ.
ވަޒީފާއިން ވަކިކުރުމަށް ނޯޓިސް ފޮނުވާފައި ވަނީ ރީޖަނަލް އެއާޕޯޓްސްގެ ރަސްމީ އީމެއިލަކުން ނޫން ކަމަށާއި، ކާޑެއްދޫ އެއާޕޯޓްގެ މުވައްޒަފެއްގެ މެއިލްއަކުން ކަމަށް އެމުއައްޒަފުން އެއިރު ބުނެފައި ވެއެވެ. އަދި އެ ލިޔުމުގައި ކުންފުނީގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަގީލް ސޮއިކުރައްވާފައި ވީނަމަވެސް، އެ ލިޔުމުގައި ކުންފުނީގެ ތައްގަނޑު ނެތްކަން ވެސް އެމީހުން ފާހަގަކޮށްފައިވެއެވެ.
ރީޖަނަލް އެއާޕޯޓްސްއިން މުރާޖަޢާކޮން ކޮންމެހެން ގެންނަންޖެހޭ ބަދަލުތަކެއް ގެނައުމާ ގުޅިގެން ކަމަށް ބުނެ، ދެމަސް ދުވަހުގެ ނޯޓީސްއެއް ދިނުމަށްފަހު، އެ ހަ މީހުން ވަޒީފާއިން ވަކި ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ. ވަޒީފާއިން ވަކި ކުރީ އެ އެއާޕޯޓް ހުޅުވީއްސުރެ އެތަނުގައި އިސްމަގާމުތަކުގައި މަސައްކަތް ކުރަމުންދިޔަ ގދ. ތިނަދޫއަށް ނިސްބަތްވާ ހަތަރު މީހަކާއި ގދ. މަޑަވެއްޔަށް ނިސްބަތްވާ ދެ މީހެކެވެ.