ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން އެކޯޓަށް ހާޟިރުކުރަން ބޭނުންވެ ޙާޟިރުވެފައިނުވާތީ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން ޢަލީ ނަޛީރު ހޯދަން ފަށައިފިއެވެ.
މިއަމުރާ ގުޅިގެން ހޯދަނީ ރ.އަލިފުށި / ކިނާރާ، ޢަލީ ނަޛީރު (37އ) އެވެ.
ޢަލީ ނަޛީރު ހޯދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ސާބިތު ދަރަނީގެ މައްސަލައަކާއި ގުޅިގެން، ބަންދުގައި ބަހައްޓައިގެން މެއި 14 ވަނަ ދުވަހުގެ 11:00ށް ސިވިލްކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.
ވީމާ ޢަލީ ނަޛީރުއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442ށް ގުޅާއި ހިއްސާކުރުމަށް އެދެއެވެ.