ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން ހިމަންދޫ ބޯފެނަށް ޖެހިއްޖެ

ކިޔުމަށް ހޭދަވާނީ 1މ 5ސ
ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން ހިމަންދޫ ބޯފެނަށް ޖެހިއްޖެ

އއ. ހިމަންދޫއަށް ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން، އެރަށުގެ އާއްމު ވާރޭފެން ތާންގިތަކުން ފެން ހުސްވެ، ބޯފެނުގެ ދަތިކަން ބޮޑުވެއްޖެއެވެ.

 

މިކަމާއި ގުޅޭގޮތުން ހިމަންދޫ ކައުންސިލްގެ ރައީސް އަބުދުﷲ ޝަރީފް ވިދާޅުވީ، ވާރޭފެން ނަގައި ރައްކާކުރެވޭނެ ވަރަށް ވާރޭ ނުވެހޭތާ ތިން މަސްވަރުވެއްޖެ ކަމަށާއި، ރަށުގެ ހުރިހާ އާއްމު ވާރޭ ފެންތާނގީތަކުން ފެން ހުސްވެއްޖެ ކަމަށެވެ.

 

މީގެއިތުރުން ޝަރީފް ވިދާޅުވީ، އެރަށުގެ ތިން ސަރަހައްދެއްގައި 5000 ލީޓަރުގެ ޖުމުލަ 12 ވާރޭފެން ތާންގީ ބެހެއްޓިފައިވާއިރު، ހުރިހާ ތާނގީއަކުންވެސް އެއްކޮށް ފެން ހުސްވެފައިވާ ކަމަށެވެ. އެހެންނަމަވެސް އަމިއްލަ ބައެއް މީހުންގެ ގޭގޭގައި ހުރި ވާރޭފެންތާނގީ ތަކުގައި ކޮންމެެސް ވަރަކަށް ވާރޭފެން ހުރި ކަމަށާއި، މިވަގުތު ރަށުގައި ބޭނުން ކުރަނީ އެފެނާއި ފުޅީގައި ބަންދު ކުރި ފެންކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އަދި ކައިރީ ބައެއް ރިޒޯޓުތަކުން ޑީސެލިނޭޝަން ފެން ރަށަށް ގެންނަ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

 

ހިމަންދޫ ފެނަށް ޖެހިފައިވާއިރު، މިހާތަނަށް ނަރުދަމާގެ ނިޒާމެއް ޤާއިމްވެފައި ނެތް އެރަށުގެ ބިމުގެ ފެންފަށަލަވެސް ވަނީ ހަލާކުވެ ވަރަށް ބޮޑަށް ތަޣައްޔަރުވެފައި ކަމަށާއި މިގޮތުން ވަޅުފެނުގައި ވަހާއި ކުލަ އަދި ރަހަވެސް ހުންނަ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މިއަދު އޮންލައިން