ކުޑަ ދެ އަންހެން ކުދިން ފޮރުވައިގެން އުޅުނު މީހާގެ ބަންދުގެ މުއްދަތަށް 10 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނިގޮތުގައި އެދެކުދިން ސަލާމަތް ކޮށްފައިވަނީ، ރަށެއްގައި ފޮރުވައިގެން ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، ރޭ ދަންވަރު 2:55 ހާއިރު އެގެއަށް ގޮސް ބަލައިފާސް ކުރުމަށްފަހުއެވެ.
މިމައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 29 އަހަރުގެ މީހެކެވެ.
ފުލުހުން ބުނެފައިވަނީ، މިމައްސަލައިގައި ހައްޔަރުކުރި މީހާ އުޅޭ ގެ ބަލާ ފާސްކުރިއިރު، މަސްތުވާތަކެތި ބަންދުކުރަން ގެންގުޅޭ ސާމާނުތަކަކާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ކަރުދާސް ކޮތަޅެއްގެ އިތުރުން، މަސްތުވާތަކެތި ކަމަށް ބެލެވޭ ކުޑަ ޕެކެޓެއް ވެސް ފެނިފައިވާ ކަމަށެވެ.
ފޮރުވައިގެން ގެންގުޅުނު ދެ އަންހެން ކުދިން ޖެންޑާ މިނިސްޓްރީގެ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއި ހަވާލުކޮށް، އެކުދިންގެ އާއިލާއާއި ހަވާލު ކުރެވެންދެން އެކުދިންނަށް ރައްކާތެރި މާހައުލެއްގައި ބައިތިއްބާފައިވާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.