ޤާނޫނުގައިވާ ގޮތަށް ބައެއް ފަރާތްތަކުން އަދިވެސް ރޯދަ އިނާޔަތް ނުދޭކަން ވަނީ ފާހަގަވެފަ: ލޭބަރ ރިލޭޝަންސް

ކިޔުމަށް ހޭދަވާނީ 1މ 20ސ
ޤާނޫނުގައިވާ ގޮތަށް ބައެއް ފަރާތްތަކުން އަދިވެސް ރޯދަ އިނާޔަތް ނުދޭކަން ވަނީ ފާހަގަވެފަ: ލޭބަރ ރިލޭޝަންސް

ދިވެހި ރާއްޖޭގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ރޯދަ މަހުގެ އިނާޔަތް ނުދޭކަން ފާހަގަވެފައިވާ ކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ބުނެފިއެވެ.

އެއޮތޯރިޓީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ބައެއް ފަރާތްތަކުން ރޯދަ އިނާޔަތް ނުދޭކަން ފާހަގަވެފައިވާ ކަމަށާއި ރަމަޟާން މަސް ފެށުމުގެ ކުރިން އެތަނެއްގައި ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުންނަށް ވެސް، ރޯދަ އިނާޔަތް ދިނުމަށް ދަންނަވާ ކަމުގައެވެ.

ލޭބަރ ރިލީޝަންސުން ނެރުނު އިއުލާނުގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 2/2008 ވަޒީއާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދޭ ޤަވާއިދުތަކުގައިވާ ކަންތައްތައް ރަނގަޅަށް ތަންފީޒު ކުރެވެމުންދޭތޯ ކަށަވަރު ކުރުމުގެ ގޮތުން އެއޮތޯރިޓީން ކުރަމުންދާ އިންސްޕެކްޝަންތަކުގައި، ވަޒީފާދޭ ބައެއް ފަރާތްތަކުން ވަޒީފާއާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން ރަމަޟާންމަހުގެ އިނާޔަތް ދެމުން ނުދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ބައެއް ފަރާތްތަކުން ރަމަޟާންމަހުގެ އިނާޔަތް ދިން ކަމުގައި ވިޔަސް، ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް އެއިނާޔަތް ދެމުން ނުދާކަން ވެސް ފާހަގަކުރެވިފައިވޭ" އެއިއުލާނުގައި ބުނެފައިވެއެވެ.

ވަޒީފާއާބެހޭ ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ)ގެ ދަށުން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒިފަކަށް ރަމަޟާންމަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން 3000/- (ތިންހާސް) ރުފިޔާ ދޭންވާނެ ކަމަށެވެ.

ވަޒީފާ ދީގެން މުވައްޒަފުން ގެންގުޅުއްވާ އެންމެހާ ފަރާތްތަކުން ވެސް ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން، 1440 ވަނަ އަހަރުގެ ރަމަޟާންމަހުގެ އިނާޔަތް ވީއެންމެ އަވަސް މުއްދަތެއްގައި ދެއްވުމަށް، ލޭބަރ ރިލޭޝަންސުން އަންގާފައިވެއެވެ.

މިއަދު އޮންލައިން