ރަމަޟާން މަހު ތަރާވީޙް ނަމާދުކުރަން ގެންނަ ހާފިޛުންނަށް ދަނީ ހުއްދަ ދޫކުރަމުން: ކޮންޓްރޯލަރ ހަނަފީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ރަމަޟާން މަހު ތަރާވީޙް ނަމާދުކުރަން ގެންނަ ހާފިޛުންނަށް ދަނީ ހުއްދަ ދޫކުރަމުން: ކޮންޓްރޯލަރ ހަނަފީ

ރަމަޟާން މަހު ތަރާވީޙް ނަމާދުކުރަން ގެންނަ ޤާރީންނަށާއި ހާފިޛުންނަށް ދަނީ ހުއްދަ ދޫކުރަމުން ކަމަށާއި ނަމަވެސް ލަންކާގައި ކުރިމަތިވި މައްސަލަ އާއި ގުޅިގެން ފަހުން ހުއްދައަށް އެދުނު ފަރާތްތަކަށް ހުއްދަ ދޫކުރުމުގައި ލަސްވާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު އަޙްމަދު ޙުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ.  

މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ހަނަފީ ވިދާޅުވީ ކޮންމެ އަހަރަކު ވެސް ހުއްދަ ދޫކުރަނީ ދައުލަތުގެ ކަމާއިބެހޭ މުއައްސަސާތައް ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބެލުމަށްފަހުގައި ކަމަށެވެ. އެގޮތުން މިއަހަރުވެސް ހުއްދަ ދުކުރަމުން ގެންދަނީ ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހުގައި ކަމަށެވެ. އަދި ބަލަނީ ހަމައެކަނި ޤާރީންގެ ކަންކަން އެކަނި ނޫން ކަމަށާއި ރާއްޖެއިން ވިސާ ދޫޚުރަންޖެހޭ ހުރިހާ ފަރާތަތަކަށްވެސް ވިސާ ދޫޚުރަމުން ގެންދަނީ ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހުގައި ކަމަށެވެ. 

"ލަންކާގަ މިދިމާވި މައްސަލަ އާއި ގުޅިގެން އަޅުގަނޑުމެންނަށް މިހާރު ވަނީ އިތުރަށް ވެސް ބަލަން ޖެހިފަ. އެހުރިހާ ކަމަކަށްވެސް ބެލުމަށްފަހު ކޮންމެ މީހަކަށްވެސް ވިސާ ދޫކުރަމުން މިގެންދަނީ. ނަމަވެސް އެދިފަ ތިބި އެންމެންނަށް ރަމަޟާން މަސް ފެށެންވާއިރަށް ވިށާ ދޫނުކުރެވިދާނެ."  

މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިއާލައި ވިސާ ހޯދަން ހުށަހެޅި ފަރާތްތަކަށް މިހާރު ވަނީ ވިސާ ދޫކޮށްފައެވެ. އަދި މިހާރުވެސް ގެންދަނީ ވިސާ ދޫކުރަމުންނެވެ.

މިއަދު އޮންލައިން