މާގިލީ އެއާޕޯޓުގެ ފަޔަރ ލޮރީން ޖެހި އެކްސިޑެންޓްވި އެކަކު ނިޔާވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
މާގިލީ އެއާޕޯޓުގެ ފަޔަރ ލޮރީން ޖެހި އެކްސިޑެންޓްވި އެކަކު ނިޔާވެއްޖެ

މިއަދު ހަވީރު މާމިގިލީ އެއާޕޯޓުގެ ފަޔަރ ލޮރީ ކޮންޓްރޯލް ނުކުރެވިގެން ގޮސް ޖޯލިފައްޗެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި 4 މީހުން ގެ ތެރެއިން ސީރިއަސް އަނިޔާތަކެއް ލިބުނު އުމުރުން 30 އަހަރުގެ އަޙްމަދު ރަޝީދު ނިޔާވެއްޖެއެވެ.  

އޭނާގެ ޙާލު ސީރިއަސްވުމުން ލޯންޗެއްގައި މާލެ ގެންނަނިކޮށް ނޭވާލުމަށް އުނދަގޫވެގެން މަހިބަދޫ ހޮސްޕިޓަލަށްވެސް ގެންދެވުނެވެ. މަހިބަދޫ ހޮސްޕިޓަލުން ބުނެފައިވަނީ އޭނާގެ ފައި ބިނދިފައިވާ ކަމަށާއި މޭގެ ކަށިތަކަށް ގެއްލުންވެފައިވާ ކަމަސް ބެލެވޭ ކަމަށެވެ.  

އެކްސިޑެންޓްވިއިރު ފަޔަރ ލޮރީ ދުއްވަން އިނީ ދިވެއްސެކެވެ. އޭނާއަށް އަނިޔާނުވާ ކަމަށް މައުލޫމާތު ލިބެއެވެ. ވެހިކަލް ކޮންޓްރޯލް ނުވި ސަބަބު ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މާމިގިލީ އެއާޕޯޓުގައި މަސައްކަތް ކުރަނީ ތަމްރީނު ލިބިފައިވާ މުވައްޒިފުންނެވެ. 

މިއަދު އޮންލައިން