ކޮންމެ އަހަރެއްގެވެސް ރޯދަމަހު ބާއްވާ ވެޓްރަންސް ފުޓްބޯޅަ މުބާރާތުގައި މިއަހަރު ބައިވެރިވީ 7 ޓީމުކަމަށް އެ މުބާރާތް އިންތިޒާމުކުރާ މޯލްޑިވްސް ސޮކަރ މޭޓްސްއިން ބުނެފިއެވެ.
ސޮކަރ މޭޓްސް އިން ބުނީ ކުރީގެ ފުޓުބޯޅަ ކުޅުންތެރިންނަށް ހުޅުވާލައިގެން ރޯދަމަހު ބާއްވާ މި މުބާރާތުގައި ބައިވެރިވެފައިވަނީ ވިކްޓަރީ، އޭދަފުށި، ކުލަބްގްރީންސްޓްރީޓްސް، ޕޮލިސް ކުލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ދިވެހި ސިފައިންގެ ކުލަބް އަދި ކުލަބް އީގަލްސް ކަމަށެވެ.
މިއަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކުލަބް އާއި އޭދަފުށި ވެޓަރަންސް ފުޓްބޯލް ކުލަބް ބައްދަލުކުރާ އިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރީން ސްޓްރީޓްސް އާއި ޕޮލިސް ކުލަބެވެ. އަދި ތިންވަނަ މެޗުގައި ބައދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ދިވެހި ސިފައިންގެ ކުލަބެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމޖެހިފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ފައިނަލަށް ދާގޮތަށެވެ. އަދި ލީގް ބުރު ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ކުޅޭ ސެމީފައިނަލް މެޗަށްފަހު އެ މެޗުން މޮޅުވާ ޓީމަކަށްފައިނަލުން ޖާގަ ލިބޭގޮތަށެވެ.