ކުޑަކުދިންގެ ކަންކަމުގަ ހަކުރު ހިމެނޭ ކިރު އިޝްތިހާރު ނުކުރެވޭ ގޮތަށް ހަމަޖެއްސުމަށްފަހު ހަކުރު ހުރި ޑެވޮންޑޭލް ކިރު އިޝްތިހާރު ކުރަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ކުޑަކުދިންގެ ކަންކަމުގަ ހަކުރު ހިމެނޭ ކިރު އިޝްތިހާރު ނުކުރެވޭ ގޮތަށް ހަމަޖެއްސުމަށްފަހު ހަކުރު ހުރި ޑެވޮންޑޭލް ކިރު އިޝްތިހާރު ކުރަނީ!

ކުޑަކުދިންގެ ކަންކަމުގައި ހަކުރު ހިމެނޭ ކިރުގެ ބާވަތްތައް އިޝްތިހާރު ނުކުރެވޭ ގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން ޤަވާއިދު ހަމަޖައްސައި ހަކުރު ހުރި ޑެވޮންޑޭލް ކިރު އިޝްތިހާރު ކުރަން ފަށައިފިއެވެ.

މައިލޯ އިން ބާއްވަމުން އައި ކިޑްސް ފެސްޓިވަލް އިއްޔެ ފަށާފައިވަނީ ޑެވޮންޑޭލް އިން ސްޕޮންސަރކޮށްގެންނެވެ. ކުދިން ލައިގެން ތިބޭ ޖަރޒީގައިވެސް ވަނީ ޑެވޮންޑޭލް އިޝްތިހާރުކޮށްފައެވެ.

ޕެކެޓުގައި ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މައިލޯގައިވެސް ޑެވޮންޑޭލް ގައިވެސް ހަކުރު ހުރީ އެއްވަރަކަށެވެ. މައިލޯ ޕެކެޓެއްގައި ހަކުރު ހުންނަނީ 100 އެމްއެލްއަކަށް 9.3 ގްރާމް ޓޯޓަލް ސުގާރއެވެ. ޑޮވޮންޑޭލް ޗޮކްލެޓް ޕެކެޓެއްގައިވެސް 100 އެމްއެލްއަކަށް 9 ގްރާމް ޓޯޓަލް ސުގާރ ހުރެއެވެ.

ސަރުކާރުން މިގޮތަށް ހަމަޖެއްސިފަހުން އިންޓަރ ސްކޫލް ވޮލީ މުބާރާތް ބާއްވައި ހަކުރު ހުރި އިންޑޯ މިލްކް ވެސް ވަނީ އިޝްތިހާރުކޮށްފައެވެ.

ކުދިންގެ ޞިއްހަތަށް ފައިދާއަށްޓަކައި ހަކުރު ހުންނަ ކިރުގެ ބާވަތްތައް އިޝްތިހާރު ނުކުރަން ސަރުކާރުން ނިންމައި އެކަމުގެ ސަރކިޔުލާރތައް ނެރުމަށްފަހު ހަކުރު ހުންނަ ކިރުގެ ބާވަތްތައް އިޝްތިހާރުކުރަން ފެށުމުން ގިނަ ބައަކު މިހާރުވެސް ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

މިއަދު އޮންލައިން