ބަންގްލަދޭޝް މީހަކު ރަހީނުކުރުމަށްފަހު ބިރުދައްކައި 40000 ރުފިޔާ ދޭން މަޖުބޫރުކުރުމުން އެފައިސާ އާއި ހަވާލުވާން ދިއަ ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ފައިސާ އާއި ހަވާލުވާން އޭނާ ދިއައީ ކަންގަރޫ ކިޑްސް ކައިރިއަށް ކަމަށެވެ. އަދި އެވަގުތު ފައިސާ ހަވާލުވި މީހާ ހިފަހައްޓައި އޭނާގެ ކިބައިން ލިބުނު މައުލޫމާތުން ރަހީނުކުރި މީހާ ހުރީ ނިކަގަސް މަގުގެ ގޯޅިއެއްގައިކަން އެނގުމުން އެތަނަށް ދިއުމުން އޭނާ ރަހީނުކޮށްގެން އުޅުނު މީހުން ފިލާފައިވާ ކަމަށެވެ.
އަދި މިކަމުގައި 7 ދިވެއްސަކު ބައިވެރިވި ކަމަށް ރަހީނުކުރެވުނު މީހާގެ ކިބައިން މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން ރަހީނުކުރި މީހާގެ ތަޅައި އަނިޔާކޮށް މާރާ މާރީ ހިންގާފައިވާ ކަމަށާއި އޭނާގެ އަތުގައި އޮތް މޯބައިލް ފޯނާއި ކަރުގަ އޮތް ފަށާއި ތަޅުދަނޑި ފަތްޗެއް ފޭރިގެންފައިވާ ކަމަސްވެސް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ރިޕޯޓް ކޮށްފައިވަނީ ދަންވަރު 2.36 ހައިއިރު ކަމަށާއި ފައިށާ ބަލައިދިއައީ 42 އަަހރުގެ ބަންގްލަދޭޝް މީހަކު ކަމަށާއި ރަހީނުކޮށްފައިވަނީ 29 އަހަރުގެ ބަނަގްލަދޭޝް މީހަކު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ