އިއްޔެ ހަވީރު މާމިގިލީ އެއާޕޯޓުގެ ފަޔަރ ލޮރީ ކޮންޓްރޯލް ނުކުރެވިގެން ގޮސް ޖޯލިފައްޗެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި 3 މީހުންގެ ޙާލުވެސް އަންނަނީ ރަނގަޅުވަމުންނެވެ.
މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކެއްގެ ފައަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އަނެއް 2 މީހުންނަށް އެފަދަ ކަމެއް ކުރިމަތިވެފައެއް ނުވެއެވެ.
"ފަޔަރ ލޮރީ އަބަދުވެސް ޕާކް ކުރަނީ ޖޯލި ފަތީގެ ކުރިމަތީގަ. އިއްޔެވެސް ޕާކްކުރަން މަޑުކުރުމަށްފަހު ގިއަރު ކަނޑާލެވިފައިވާ ކަމަށް ބަލައި ޑްރައިވަރަށް ބްރޭކް ޕެޑްލް އިން ފައިދޫކޮށްލެވުނީ.
އެވަގުތު ލޮރީ ފުންމައިގެން ގޮސް ޖޯލިފަތީގަ ޖެހުނީ. ބޮޑަށް އަނިޔާވެ ނިޔާވީ އެވަގުތު ޖޯލިފަތި ކައިރީގަ ކޮޅަށް ހުރި މީހެއް. އޭނަ ފިތުނީ. ސަލާމަތްވެވުނީ ޖޯލިފަތީގަ އިށީނދެގެން ތިބި މީހުންނަށް." ކަމަށް މިއަދުނޫހަށް މައުލޫމާތު ދިން މީހަކު ބުނެފައިވެއެވެ.
އޭނާ ބުނީ އިއްޔެ ލޮރީ ދުއްވީ ޢާންމުކޮށްވެސް ލޮރީ ދުއްވައި އުޅޭ މީހެއް ކަމަށެވެ.
ވެހިކަލް ކޮންޓްރޯލް ނުވި ސަބަބު ފުލުހުން އަދި ހާމައެއް ނުކުރެއެވެ