"ފަނޑިޔާރުގެ އިޞްލާޙްކުރުމުގެ މަގުޗާޓުގައި ހިމަނާފައިވާ 20 ދާއިރާގެ ތެރެއިން 12 ދާއިރާގެ ކަންކަން ޤާނޫނު އަސާސީގެދަށުން ކުރަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުން ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ފަނޑިޔާރުން މިކަންކަން ކުރައްވަން އުޅުއްވީމާ އައިބުވުމުގެ އިތުރުން ޤާނޫނު އަސާސިގެ ހަމަތަކާއި އަދި އިންތަކާއިވެސް ފުށޫއަރާ ކަމަށް ދައުލަތުގެ ބަންޑާރަ ނައިބުކަންވެސް ކުރައްވާފައިވާ ޑރ. އަޙްމަދު ޢަލީ ސަވާދު ވިދާޅުވވެއްޖެއެވެ.
"ރާއްޖޭގެ ދުސްތޫރީ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ބަލިމަޑު ކަމަކީ ނަފްސާއި ޒަމީރު ވިއްކާ ވެރިންނާއި، މަޖިލިސް މެންބަރުންނާއި ފަނޑިޔާރުން ދައުލަތުގެ ތެރޭގައި އަތްގަދަކޮށްފައި އޮތް އޮތުމެވެ. މިކަމުން ސަލާމަތްވުމަށް ރައްޔިތުން ނިންމައިފިއެވެ. ދެން އޮތީ ފަރުވާ އާއިގެން ކުރިއަސް ދިއުމެވެ. އިން ޝާ ﷲ!" މިއީވެސް ޑރ. ސަވާދު ވިދާޅުވެފައިވާ ބަސްފުޅެކެވެ.
ރޭ އިއުލާނުކުރި މަގުޗާޓަށް ރާއްޖޭގެ ބައެއް ޤާނޫނީ ވަކީލުން ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. ބައެއް ވަކީލުން ވިދާޅުވެފައިވަނީ މުހިންމީ މިހާރުން މިހާރަށް ވެސް އަދުލުވެރިކަމާއިއެކު ޙުކުމް އިއްވޭތަން ފެނުން ކަމަށެވެ.
