ޝަރުޢީ ނިޒާމް އިޞްލާޙްކުރަން ކުރަންޖެހޭ ކަމަކީ ކީރިތި ޤްރުއާނުގަ ބަޔާންވެގެންވާ މަގުޗާޓަށް އަމަލުކޮށް އަދުލަށް ޙުކުމް ކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ޝަރުޢީ ނިޒާމް އިޞްލާޙްކުރަން ކުރަންޖެހޭ ކަމަކީ ކީރިތި ޤްރުއާނުގަ ބަޔާންވެގެންވާ މަގުޗާޓަށް އަމަލުކޮށް އަދުލަށް ޙުކުމް ކުރުން!

ރާއްޖޭގެ ޝަރުޢީ ނިޒާމް އިޞްލާޙްކުރުމަށްޓަކައި ޖޫޑިޝަރީން އަމިއްލައަށް އިސްނަގައިގެން މަގުޗާޓެއް އެކުލަވައިލުމުން ގިނަ ބައަކު އުފާކުރެއެވެ. އެއީ މިހާރު ހުރި ގިނަ މައްސަލަތައް އިޞްލާޙް ކުރެވޭނެ ކަމުގެ އުންމީދު ލިބޭތީއެވެ.

ގިނަ ބައަކު ބުނަނީ ރާއްޖޭގެ ޝަރުޢީ ނިޒާމް އިޞްލާޙް ކުރުމަށްޓަކައި ކުރަންޖެހޭ ކަމަކީ ކީރިތި ޤްރުއާނުގައި ބަޔާންވެގެންވާ މަގުޗާޓަށް އަމަލުކޮށް އަދުލަށް ޙުކުމް ކުރުން ކަމަށެވެ. މީސްތަކުންގެ ހައްޤުތަކާއި ގުޅިފައިވާ މައްސަލަތައް އަވަހަށް ނިންމައި ދިނުން ކަމަށެވެ. ރައްޔިތުންނަށާއި ދައުލަތަށް ލިބެން ޖެހޭ ޙައްޤުތައް ވީހައި އަވަހަކަށް ހޯދައިދިނުން ކަމަށެވެ. ހަމަ އެއާއިއެކު ކުރާ ޙުކުމެއްގެ ސަބަބުން އިންޞާފު ގެއްލިފައިވާކަމުގެ ޝަކުވާއެއް ހުށަހެޅިއްޖެނަމަ އެކަމެއް ވީހައި އަވަހަކަށް ބަލައި ގޮތެއް ކަނޑައަޅައި ނިންމައިދިނުމެވެ.

ދާދިފަހުން ސައުދިއަރަބިޔާގައި ބޭއްވި ފަނޑިޔާރުންގެ މަހާސިންތާއަކަށް ހުށަހެޅި ކަރުދާހެއްގައި ބުނެފައިވަނީ އަދަބު ލިބެންޖެހޭ މީހަކަށް އަދަބު ނުލިބި ލަސްވާ ލަސްވާ ލަސްވުމުގެ ޒިންމާ އުފުލަން ފަނޑިޔާރުންނަށް ދުނިޔެއާއި އާޚިރަތުގައިވެސް ޖެހޭނެ ކަމަށެވެ. ހަމައެފަދައިން މީހެއްގެ ޙައްޤު ނުލިބި ލަސްވާނަމަ އެކަމުގެ މަސްއޫލިއްޔަތުވެސް އުފުލަން ޖެހޭނެ ކަމަށެވެ.

މިއަދު އޮންލައިން