ރާއްޖޭގެ އެންމެ ގިނަ ބައަކު ކުޑަކުދިންނަށް ދޭ ކިރު ކަމަށްވާ ލެކްޓޯޖަން ބަނަދުކޮށްފައި ހުރީ ސަރުކާރުގެ ޤަވާއިދުތަކާއި ޚިލާފަށް ކަމަށް ވެގެން ލެކްޓޯޖަން ރާއްޖެއަށް އެތެރެކުރާ ސޯލް އެޖެންޓް، އެމްއެޗްއޭއަށް ލެކްޓޯޖަން ރާއްޖެއަށް އެތެރެ ނުކުރެވޭއިރު ހަމަ އެ ލޭބަލްގައި ލެކްޓޯޖަން ދާދިފަހުން ރާއްޖެއަށް އެތެރެކޮށް ވިއްކަނީ ކޮން އުޞޫލަކުންކަން ނުއެނގޭ ކަމަށް އެމްއެޗްއޭ އިން ބުނެފިއެވެ.
އެމްއެޗްއޭއިން ބުނީ އެ ކުންފުނިން ވިއްކި އަގަށްވުރެ 60 އިންސައްތަ ބޮޑު އަގުގައި މިހާރު ބާޒާރުގައި ވިއްކަމުން ގެންދާތީ އެކަމުގެ ޝަކުވާ ގިނަ ބައަކު ކުރާ ކަމަށާއި ނަމަވެސް ބޮޑުއަގުގައި ވިއްކަނީ އެކުންފުނިން ވިއްކާފައިވާ ސްޓޮކް ނޫން ކަމަށެވެ.
"ލެކްޓޯޖެންގެ ލޭބަލްގައި، "ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށްދޭ ބާވަތްތައް، ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު"އާ ޚިލާފު ކަންތައްތަކެއް ހުރިކަމަށްބުނެ، އެ އުފެއްދުން ރާއްޖެ އެތެރެކުރުމަށް ހުއްދަދެވެން ނެތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ނިންމަވާފައިވާތީ، މި ކުންފުންޏަށްލެކްޓޯޖެންރާއްޖެ އެތެރެނުކުރެވޭތާ ގިނަ ދުވަސްތަކެއްވެފައިވާ ވާހަކަ ދަންނަވަމެވެ. އަދި އެކަމުގެ ސަބަބުން،ލެކްޓޯޖެންސްޓޭޖް2 އަދި 3 މި ކުންފުނިންވަނީ އެއްކޮށް ހުސްވެފައެވެ."
"ލެކްޓޯޖެން ސްޓޭޖް 2 އަދި 3 މި ކުންފުނިން ހުސްވެފައިވާތީ، އެ އުފެއްދުން މިވަގުތު އަގުބޮޑުކޮށް ވިއްކަމުން ދަނީ މިކުންފުނިން ނޫންކަމުގައި މިކުންފުނީގެ ހުރިހާ ކަސްޓަމަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. އިސްވެ ދެންނެވި ފަދައިން ނެސްލޭ ކުންފުނިން އުފައްދާ ކުޑަކުދިންގެ ކާނާ ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކުމުގެ ލައިސަންސް ލިބިފައިވާ ދިވެހިރާއްޖޭގެ ސޯލް އޭޖެންޓަކީ،މި ކުންފުނި ކަމުގައިވީނަމަވެސް، އެ އުފެއްދުން މިހާރު ދިވެހިރާއްޖެ އެތެރެކޮށް އިތުރު ކުންފުނިތަކުންމި ކުންފުނިން އެތަކެތި ވިއްކަމުން ދިޔަ އަގަށްވުރެ ގާތްގަނޑަކަށް 60% ބޮޑު އަގެއްގައި ވިއްކަމުންދާކަމުގެ ޝަކުވާ މިކުންފުންޏަށްވަނީ ލިބިފައެވެ. މިކަމުގެ ކަންބޮޑުވުން ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކަށް މި ކުންފުނިންވާނީ ހުށަހަޅާފައެވެ. ލެކްޓޯޖެންގެ ލޭބަލިންގ ގައި އިސްވެ ޙަވާލާދީފައިވާ ގަވާއިދާ ތަޢާރުޟުވާ ކަންތައްތަކެއް ހުރިކަމަށް ބުނެ ސަރުކާރުގެ ކަމާބެހޭ އިދާރާއިން އެ އުފެއްދުން މި ކުންފުނިން ދިވެހިރާއްޖެ އެތެރެކުރުމަށް ހުއްދަ ދީފައިނުވާއިރު، އިތުރު ކުންފުނިތަކުން އެ އުފެއްދުމުގެ ލޭބަލްއަށް އެއްވެސް ބަދަލެއް ނުގެނެސް އެ އުފެއްދުން ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކަމުންދަނީ ކޮން އުޞޫލެއްގެ ދަށުންކަން މި ކުންފުންޏަށް ސާފުވެފައިނުވާ ވާހަކަ ދަންނަވަމެވެ."
މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުގެ ޤަވާއިދު އޮތްގޮތަށް އޮއްވައި ހަމަ އެލޭބަލްގައި ލެކްޓޯޖަން އެތެރެކޮށް ވިއްކަނީ ރެޑްވޭވުގެ ފިހާރަތަކުންނެވެ. އަދި ރެޑްވޭވުގެ ފިހާރަތަކުން ކުރިން 80 ރުފިޔާއަށް ވިއްކަމުން އައި ޕެކެޓް، ރެޑްވޭވްގެ ފިހާރަތަކުން މިހާރު ވިއްކަނީ 125 ރުފިޔާއަށެވެ. ޕެކެޓަކުން 45 ރުފިޔާ ބޮޑުކޮށްގެންނެވެ. ލެކްޓޯޖަން ޕެކެޓެއް ސްރީލަންކާގެ ފިހާރަތަކުން ވަކިން ގަންނަން ލިބޭ އަގަކީ ދިވެހި 50.88 އެވެ.
މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ބުނަނީ އެމީހުން ޤަބޫލުކުރާ ގޮތުގައި ލެކްޓޯޖަންގެ އަގު އުފުލިފައި މިވަނީ ޤަވާއިދުގެ ބޭރުން އެތެރެކުރަން ކުރި ހޭދަ މުދައު ގަތް އަގުގެ ތެރެއަށް ވެއްދުމުން ކަމަށް ވެދާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. އަދި މިފަދަ ހޭދަތައް ކޮށް މުދަލުގެ އަގު އުފުލުމުން ހުރިހާ ގެއްލުމެއްވެސް ލިބެނީ ނިކަމެތި ފަޤީރުންނަށް ކަމަށެވެ.
"ކޮންމެ އަގަކަށް ވިއްކި ނަމަވެސް ދަރިންނަށްޓަކާ ޖެހޭނީ ގަންނަން. ބޮޑެތި މީހުން ނުކައި ބަނޑަށް ތިބެގެންވެސް ކުޑަ ދަރިފުޅު ރޯއިރު އަޑުއަހާކަށް ނުތިބެވޭނެ. ޖެހޭނީ ގަންނަން." ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.
އެމްއެޗްއޭގެ ނޫސް ބަޔާން:
ލެކްޓޯޖެން (LACTOGEN) (އިންފެންޓް ފޯމިއުލާ) ގެ އަގު އާދަޔާ ޚިލާފަށް ބޮޑުކަމަށްބުނެކަސްޓަމަރުންގެ ޝަކުވާ ލިބެމުންދާތީ، އެކަން ސާފުކޮށްދިނުމަށް ނެރޭ ނޫސްބަޔާން
ދުނިޔޭގެ އެންމެ ބޮޑު ފުޑް އެންޑް ބެވެރޭޖް ކުންފުނި، ނެސްލޭ (NESTLE) ގެއުފެއްދުމެއް ކަމުގައިވާ،ކުޑަކުދިންގެ އިންފެންޓް ފޯމިއުލާ "ލެކްޓޯޖެން (LACTOGEN)" ގެ އަގު ރާއްޖޭގެ ބާޒާރުގައި އާދަޔާ ޚިލާފަށް ބޮޑުވެފައިވާ ކަމަށާއި އަދި ލެކްޓޯޖެން ފަސޭހައިން ބާޒާރުގައިލިބެންނެތްކަމަށް ބުނެ، މި ކުންފުންޏަށްޢާންމު ރައްޔިތުންގެ ފަރާތުންގިނަ ޢަދަދެއްގެ ޝަކުވާ ލިބެމުންދާތީ ދަންނަވަމެވެ.
ނެސްލޭ ކުންފުނިން އުފައްދާ ކުޑަކުދިންގެ ކާނާ ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކުމުގެ ލައިސަންސް ލިބިފައިވާ ދިވެހިރާއްޖޭގެ ސޯލް އޭޖެންޓަކީ، އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑްއެވެ. ލެކްޓޯޖެން އަކީ ރާއްޖޭގެ މާކެޓްގައި އެންމެ މަޤްބޫލު ކުޑަކުދިންގެ ކާނާކަމުގައިވާތީ، ޢާންމު ރައްޔިތުންނަށްއެ އުފެއްދުން އަތްފޯރާ އަގެއްގައި ފަސޭހައިން ލިބޭނެގޮތް ހަމަޖެއްސުމަށް މި ކުންފުނިން ޚާއްޞަ ސަމާލުކަމެއްދެމެވެ.
ލެކްޓޯޖެންގެ ލޭބަލްގައި، "ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށްދޭ ބާވަތްތައް، ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު"އާ ޚިލާފު ކަންތައްތަކެއް ހުރިކަމަށްބުނެ، އެ އުފެއްދުން ރާއްޖެ އެތެރެކުރުމަށް ހުއްދަދެވެން ނެތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ނިންމަވާފައިވާތީ، މި ކުންފުންޏަށްލެކްޓޯޖެންރާއްޖެ އެތެރެނުކުރެވޭތާ ގިނަ ދުވަސްތަކެއްވެފައިވާ ވާހަކަ ދަންނަވަމެވެ. އަދި އެކަމުގެ ސަބަބުން،ލެކްޓޯޖެންސްޓޭޖް2 އަދި 3 މި ކުންފުނިންވަނީ އެއްކޮށް ހުސްވެފައެވެ.
ލެކްޓޯޖެން ސްޓޭޖް 2 އަދި 3 މި ކުންފުނިން ހުސްވެފައިވާތީ، އެ އުފެއްދުން މިވަގުތު އަގުބޮޑުކޮށް ވިއްކަމުން ދަނީ މިކުންފުނިން ނޫންކަމުގައި މިކުންފުނީގެ ހުރިހާ ކަސްޓަމަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. އިސްވެ ދެންނެވި ފަދައިން ނެސްލޭ ކުންފުނިން އުފައްދާ ކުޑަކުދިންގެ ކާނާ ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކުމުގެ ލައިސަންސް ލިބިފައިވާ ދިވެހިރާއްޖޭގެ ސޯލް އޭޖެންޓަކީ،މި ކުންފުނި ކަމުގައިވީނަމަވެސް، އެ އުފެއްދުން މިހާރު ދިވެހިރާއްޖެ އެތެރެކޮށް އިތުރު ކުންފުނިތަކުންމި ކުންފުނިން އެތަކެތި ވިއްކަމުން ދިޔަ އަގަށްވުރެ ގާތްގަނޑަކަށް 60% ބޮޑު އަގެއްގައި ވިއްކަމުންދާކަމުގެ ޝަކުވާ މިކުންފުންޏަށްވަނީ ލިބިފައެވެ. މިކަމުގެ ކަންބޮޑުވުން ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކަށް މި ކުންފުނިންވާނީ ހުށަހަޅާފައެވެ. ލެކްޓޯޖެންގެ ލޭބަލިންގ ގައި އިސްވެ ޙަވާލާދީފައިވާ ގަވާއިދާ ތަޢާރުޟުވާ ކަންތައްތަކެއް ހުރިކަމަށް ބުނެ ސަރުކާރުގެ ކަމާބެހޭ އިދާރާއިން އެ އުފެއްދުން މި ކުންފުނިން ދިވެހިރާއްޖެ އެތެރެކުރުމަށް ހުއްދަ ދީފައިނުވާއިރު، އިތުރު ކުންފުނިތަކުން އެ އުފެއްދުމުގެ ލޭބަލްއަށް އެއްވެސް ބަދަލެއް ނުގެނެސް އެ އުފެއްދުން ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކަމުންދަނީ ކޮން އުޞޫލެއްގެ ދަށުންކަން މި ކުންފުންޏަށް ސާފުވެފައިނުވާ ވާހަކަ ދަންނަވަމެވެ.
އަދި،ލެކްޓޯޖެން އަކީ ދުނިޔޭގެ ބާޒާރުގައި 100 އަށްވުރެ ގިނަ އަހަރުވަންދެން ވިއްކަމުންދާ އަދި ރާއްޖެ ފިޔަވައި އެއްވެސް ޤައުމަކަށް އެތެރެކުރުމަށް ހުރަހެއް ދިމާވެފައިނުވާ އުފެއްދުމަކަށްވާތީ، ރާއްޖެ ފަދަ ކުޑަ މާކެޓަކަށް ޚާއްޞަކޮށްގެން ލެކްޓޯޖެންގެ ލޭބަލް ބަދަލުކުރުމަކީ އިތުރު ހަރަދުތަކެއް ހިނގާނެ އަދި ދަތިކަމެއްކަމުގައިނެސްލޭ ކުންފުނިންމި ކުންފުންޏަށް ވަނީ އަންގާފައިވެއެވެ.
ލެކްޓޯޖެން އަކީ ޢާންމު ރައްޔިތުންނަށް މުހިންމު އުފެއްދުމަކަށްވާތީއާއި މި ކުންފުނީގެ ކަސްޓަމަރުން އެ އުފެއްދުން ހޯދުމަށް މިކުންފުނީގައި އެދެމުންދާތީ، ކުރިއެކޭވެސް އެއްގޮތަށް ހެޔޮ އަގުގައި ފަސޭހައިންރައްޔިތުންނަށް މި އުފެއްދުން ފޯރުކޮށްދިނުމަށްޓަކައި، ނެސްލޭ ކުންފުންޏާއިއެކު މި ކުންފުނިން މަޝްވަރާކޮށް އެ އުފެއްދުމުގެ ލޭބަލްއަށް ބަދަލު ގެނައުމަށްފަހު އެ އުފެއްދުން ރާއްޖެ އެތެރެކޮށް ވިއްކުމަށް ނަގަންޖެހޭސަރުކާރުގެ ކަމާބެހޭ އިދާރާގެ ހުއްދަ ނެގުމަށްޓަކައި މި ކުންފުނިން މިހާރުވާނީ ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހަޅާފައެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާއިން މި އުފެއްދުން ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކުމުގެ ހުއްދަ ލިބުނުހައި އަވަހަކަށް ކުރިއެކޭވެސް އެއްގޮތަށް ހެޔޮ އަގުގައި ފަސޭހައިންރައްޔިތުންނަށް މި އުފެއްދުން ފޯރުކޮށްދިނުމަށް މި ކުންފުނިން މަސައްކަތްކުރާނެ ވާހަކަ މި ކުންފުނީގެ ހުރިހާ ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
02 މެއި 2019