މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް ފިޔަވަޅު އެޅުމަށް ޕީޖީ އަށް ފޮނުވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް ފިޔަވަޅު އެޅުމަށް ޕީޖީ އަށް ފޮނުވައިފި

މާލީ ބަޔާން ހުށަހަޅާފައި ނުވާ ކެންޑިޑޭޓުންނަށް ފިޔަވަޅު އެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ފޮނުވައިފި އެވެ. 

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީގުގެ އިންތިހާބާ ގުޅިގެން ގާނޫނުގައިވާ މުއްދަތުގައި މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އެޖެންޓާ މެދު ގާނޫނުގައި ބަޔާންކުރާ ފިޔަވަޅު އެޅުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މާލީ ބަޔާން ހުށަހަޅަންޖެހޭ މުއްދަތު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މެންދަމު 12:00 ޖެހުމާ ހަމައަށް ވަނީ ހަމަވެފައެވެ.

މާލީ ބަޔާން ހުށަހަޅަންޖެހޭ ވަގުތު ހަމަވިއިރު މާލީ ބަޔާން ފުރިހަމަކޮށް ހުށަހަޅާފައި ވަނީ 347 ކެންޑިޑޭޓުން އަދި އެ މުއްދަތު ހަމަވިއިރު މާލީ ބަޔާން ހުށަނާޅަނީ 36 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. 
 

 

މިއަދު އޮންލައިން