މާފުށީ ޖަލުގައި ދެ ބިދޭސީއަކު މާރާމާރީ ހިންގާ އެކަކު ޒަޚަމް ކޮށްލައިފި

ކިޔުމަށް ހޭދަވާނީ 30ސ
މާފުށީ ޖަލުގައި ދެ ބިދޭސީއަކު މާރާމާރީ ހިންގާ އެކަކު ޒަޚަމް ކޮށްލައިފި

މާފުށީ ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުންދާ ދެ ބިދޭސީއަކު މާރާމާރީއެއް ހިންގާ އެކަކު ޒަޚަމް ކޮށްލައިފިއެވެ. މާރާމާރީ ހިންގާފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ދެ ގައިދީއެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މާފުށީ ޖަލުގައި ހިނގި އެމާރާމާރީގައި ޒަޚަމްކޮށްލާފައިވަނީ 31 އަހަރުގެ މީހެއް ކަމަށެވެ.

އެމީހާގެ މޭމަތީގައި ޖެހުމުން އޭނާގެ އަނގައިން ލޭ އައިސްފައިވާ ކަމަށާއި، އޭނާ މާލެ ގެނެސް އައިޖީއެމްއެޗް ގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މާފުށީ ޖަލުގައި ހިނގި މިމާރާމާރީ ފުލުހުން ދަނީ މިހާރު ތަހުގީގު ކުރަމުންނެވެ.

މިއަދު އޮންލައިން