މަރްޙޫމް މުޙައްމަދު ޒާހިރުގެ ތައުބީނުގެ ޖަލްސާ ބާއްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
މަރްޙޫމް މުޙައްމަދު ޒާހިރުގެ ތައުބީނުގެ ޖަލްސާ ބާއްވައިފި

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، ހެންވޭރު ބުރެވިމާގޭ އަލްމަރްޙޫމް މުޙައްމަދު ޒާހިރުގެ ހަނދާނުގައި ސަރުކާރުން ބޭއްވި ތައުބީނުގެ ޖަލްސާ މިރޭ ދަރުބާރުގޭގައި ބާއްވައިފިއެވެ.

ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ. އަދި މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިދުމަތްތަކުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން އެމަރްޙޫމްގެ ހަނދާނުގައި ޝަރަފުގެ އައްޑަނައަކާއި ލިޔުމެއް އެރުވިއެވެ. މި ޝަރަފުގެ އައްޑަނައާއި ލިޔުން މަރްޙޫމް މުޙައްމަދު ޒާހިރުގެ އާއިލާއާ ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މިއަދު އޮންލައިން