ސީ ސްޕޯޓްސް ރާޅު ސީޒަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ސީ ސްޕޯޓްސް ރާޅު ސީޒަން ފަށައިފި

ސީ ސްޕޯޓްސް ރާޅު ސީޒަން އޯޕަނިންގ 2019 ފަށައިފިއެވެ.

އިއްޔެ ފެށި މި މުބާރާތަކީ މޯލްޑިވްސް ސާރފިންގ އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ.

ދެ ޑިވިޜަނަކަށް ކުރިއަށް ގެންދާ މި މުބާރާތުގައި 44 ރާޅާއެޅުންތެރިން ވާދަކުރާ އިރު، އޭގެ ތެރޭގައި ހިމެނެނީ ޝޯޓްބޯޑް ޑިވިޜަންގައި 23ރާޅާއެޅުންތެރިންނާއި ބޮޑީބޯޑިންގ ޑިވިޜަނުގައި 21 ރާޅާއެޅުންތެރިންނެވެ. 

މުބާރާތުގެ ޓައިޓަލް ސްޕޮންސަރއަކަށް ސީ ސްޕޯޓްސް ހަމަޖައްސާފައިވާ އިރު، ކޯ ސްޕޮންސަރަކީ ލިޒީ އެވެ. އަދި ޕާޓްނަރ ސްޕޮންސަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ސީ ގިއަރ އާއި ދިރާގެވެ.

ވަރުނުލާ ރާޅުގަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ފުވައްމުލަކާއި ލ. އަތޮޅުން ގިނަ ޢަދަދެއްގެ ރާޅާއެޅުންތެރިން ވާދަކުރާ ކަމަށް ސާރފިންގ އެސޯސިއޭޝަނުން މަޢުލޫމާތުދެއެވެ.

މިއަދު އޮންލައިން